ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ޤަތަރުގެ ޓްރާސްޕޯޓް މިނިސްޓަރާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
ގަތަރުގެ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ ގާސިމް ބިން ސައިފް އަލް ސުލައިސީ އާއިއެކު ބޭއްވި މިބައްދަލުވުމުގައި ރާއްޖޭގެ ޓްރާންސްޕޯޓް ދާއިރާ ކުރިއެރުވުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ވެހިކަލް ރަޖިސްޓްރޭޝަން ޑިޖިޓައިޒްކޮށް، އެކަން ބަލަހައްޓާ އުސޫލު އިތުރަށް ތަރައްގީކުރުމާއި، ސިވިލް އޭވިއޭޝަން ދާއިރާގައި ކެޕޭސިޓީ އިތުރުކުރުމުގެ އިތުރަށް އެ ދާއިރާއިން މީހުން ތަމްރީން ކުރުމާ ގުޅޭ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިުތުރުންވެސް ދެޤައުމުގެ ޓްރާސްޕޯޓް މިނިސްޓްރީން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި މަހު 14ގައި ރަސްމި ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެންނެވިއިރު މިނިސްޓަރ ނަހުލާ ހިމެނިވަޑައިގަންނަވަނީ ރައީސް އާ އެކު އެގައުމަށް ވަޑައިގެންނެވި ވަފުދުގައެވެ. ނަމަވެސް ރައީސްގެ ވަފުދު މިހާރު ވަނީ ބަންގުލަދޭޝްއަށް ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޤަތަރުގެ ޢަމީރާ ބައްދަލުކުރައްވައި ކުރިއަށްއޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ވަޑައިގެންނެވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ޤަޠަރާއި ރާއްޖޭގެ ސިޔާސީގުޅުން މި ސަރުކާރުގައި އަލުން ޤާއިމުކުރުން ފާހަގަކުރެއްވުމާއި ދެޤައުމުގެ ޒަމާންވީ ބަދަހިގުޅުން އިތުރަށް ބަދަހިކުރެއްވުމާގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.
ކޮމެންޓު ފޮނުވާ