އިލްމުވެރިޔާ ޑރ.އިޔާޒުގެ ސަސްޕެންޝަން އުވާލައިފި

އިލްމުވެރިޔާ ޑރ.އިޔާޒުގެ ސަސްޕެންޝަން އުވާލައިފި

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 02:16
0

ސޯޝަލް މީޑިޔާގައި ދައްކަވަމުން ވާހަތަކާއި، ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ސަސްޕެންޑުކުރި ކުރުން އުވާލައިފިއެވެ.

ޑރ. އިޔާޒުގެ ސަސްޕެންޝަން އުވާލިކަން އަންގާފައިވަނީ މިއަދުއެވެ. އަދި މާދަމާއިން ފެށިގެން އަލުން ވަޒީފާއަށް ނިކުންނެވުމަށް ވަނީ އަންގަވާފައެވެ. ޑރ.އިޔާޒު ސަސްޕެންޑްކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ސަސްޕެންޑް ކުރީ 14 ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ ކްލާސްތައް ނަންގަވައިދެއްވުމަށް އިޔާޒު ތައްޔާރުވަމުން ދަނިކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު ޔުނިވާސިޓީން ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް ވަނީ އަންގާފައެވެ.

ޑރ.އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ފާޅުކުރަމުންދާ ޚިޔާލު ތަކާއި ގުޅިގެންނެވެ. ޑރ.އިޔާޒަށް ވަނީ ސޯޝަލް މިޑީޔާގައި ދައްކަވާ ވާހަތަކާއި ގުޅިގެން ގައުމީ ޔުނިވާސިޓީން ތަފާތު އެކި ފަހަރުމަތީން ފިޔަވަޅު އަޅާނެކަމަށް އަންގާފައެވެ.

މިކަންކަމާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވެފައިވަނީ ވަކި ބައެއްގެ ނުފޫޒާއިއެކު ވަޒީފާގެ ބިރުދައްކައިގެން ފާޅުކުރަމުންދާ ޚިޔާލުތަކާއި، ދައްކަވާ ވާހަކަތައް ހުއްޓުވާނުލެވޭނެކަމަށެވެ. އަދި ވަޒީފގެ ބިރު ދައްކައިގެން ކުރަމުންދާ މަސައްކަތް ހުއްޓާލާނެކަމަށް ދެކުމަކީ ވަރަށް ދެރަކަމެއްކަމަށް ޑރ.އިޔާޒުވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.