ފެލިދޫ އައު އިންޖީނުގޭގެ ބިންގާ އަޅާފައިފި

ފެލިދޫ އައު އިންޖީނުގޭގެ ބިންގާ އަޅާފައިފި

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 01:51
0

ރާއްޖޭގައި އަޅާ އެންމެ ފެންވަރު ރަނގަޅު އިންޖީނުގެ ތަކުގެ ތެރޭގައި ހިމެނޭ ވ. ފެލިދޫގެ އިންޖީނުގޭގެ ބިންގާ މިއަދު އަޅާފައިފިއެވެ.

މި އިންޖީނުގެއަކީ މުޅިން އާ ޒަމާނީ ވަސީލަތްތަކާއެކު، މުސްތަގުބަލުގައި ފެލިދޫއަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، 4 މެގަވޮޓްގެ ކެޕެސީޓީ ގާއިމް ކުރެވޭ ގޮތަށް އެޅިގެންދާނެ އިންޖީނުގެއެއްކަމަށް ފެނަކައިނ

ފެލިދޫ އައު އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވާފައިވަނީ، ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒެވެ. މިކަމަށްޓަަކައި ފެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންއާއި، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިތުރުން ސްޓެލްކޯގެ މެނޭޖްމަންޓާއި ބޯޑުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.

ފެލިދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެއަކީ ޖާގައިގެ ގޮތުން ތަނަވަސް، ރައްކާތެރި، އަޑުމަޑު ތަނަކަށް ވާނެކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. އަދި އާ އިންޖީނުގެއާ އެކީގައި، ކަސްޓަމަރ ސާވިސް ޚިދުމަތްދޭނެ އިމާރާތެއް އެޅުމަށް ވެސް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.