އަންހެން ކަނބަލުންނަށް ނިސްބަތްވާ ގޮތަށް ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މަޖިލީހުގައި ދެއްކެވި ވާހަތަކަށް އޭނާ މަޢާފަށް އެދި ވަޑައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް އުމަރު މަޖިލީހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށް އަނދުން ހުސައިން ވަނީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ. މިމައްސަލާގައި ގިނަ އަންހެން ކަަނބަލުން ވަނީ އޭނާއަށް ނިސްބަތްކޮސް ބޮޑެތި ފާޑުކިޔުންތަކެއް ސޯޝަލް މީޑިޔާގައި އަމާޒުކޮށްފައެވެ. މިކަމައި ގުޅިގެން އޭނާވަނީ މިއަދު މަޢާފަށް އެދިފައެވެ. އަދި މިއީ ދައްކަން ހެޔޮ ނުވާ ވަރުގެ ވާހަތަކެއްކަމަށް ގަބޫލު ކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކަނަބަލުންނަށް ނިސްބަތްވާ ފަދަ ގޮތަކަށް ދެކެވުނު ވާހަކައަށް މަޢާފަށް އެދެނެ. ބަލައިގަނެވޭނެފަދަ ވާހަކައެއް ކަން ގަބޫލުކުރަން. އަޅުގަނޑު މިފަދަ ބަސްތަކަށް ސަމާލު އިތުރަށްވާނަން.
– އަދުން ހުސެއިން ވިދާޅުވިއެވެ.
Kanbalun ah nisbaiy vaa fadha gothah dhekevunu vaahaka ah ma’af ah edhen. Balainuganeveyne fadha vaahaka eh kan qabool kuran. Alhugandu mifadha basthakah samaalu ithurah vaanan.
— Hussain Shaheem (@AndhunHussain) March 17, 2021
މަޖިލީހުގައި ބަހުސް ކުރެއްވި މައްސަލައެއްގައި ނިޒާމީ މައްސަލައެއް ނަންގަވައި އަނދުން ހުސެއިން ވިދާޅުވީ އާދަމް ޝަރީފް މަޖިލިހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށެވެ. އަދި އެ މަންޒަރު އޭނާ އަށް އެތައް ދުވަހަކު ފެނިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް ފެނޭ ކިތަންމެ ދުވަހަކު، އާދަމް ޝަރީފް ވަޑައިގަންނަވާ އިރު ފެޑް ޖައްސަވާފައި ހުންނަވާ ތަން. ފަހަތުން ތެމިފަ، ލޭ ތެމިފަ.
– އަނދުން ހުސައިން ވިދާޅުވިއެވެ.
އާދަމް ޝަރީފަށް ނިސްބަތްކޮށް މިވާހަ ދެއްކެވިނަމަވެސް މިމައްސަލާގައި ގިނަ އަންހެން ކަނބަލުން ވަނީ އަނދުން ހުސެއިންއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ކޮމެންޓު ފޮނުވާ