3 ވަނަ ދަރިފުޅުގެ އިންތިޒާރުގައި ހުރި ލީސާގެ މެޓާނިޓީ ފޮޓޯޝޫޓް!

3 ވަނަ ދަރިފުޅުގެ އިންތިޒާރުގައި ހުރި ލީސާގެ މެޓާނިޓީ ފޮޓޯޝޫޓް!

Author
ފާތިމަތު ނާވީ
17 މާރޗް 2021 09:35
0

ލީސާ ހޭޑަންގެ ވަނީ އޭނާގެ މެޓާނިޓީ ފޮޓޯޝޫޓޫގެ ފޮޓޯތަކުގެ ތެރެއިން ބައެއް ފޮޓޯތައް ބެލުންތެރިނާ ހިއްސާކޮށްފަ އެވެ.

އިންސްޓްގްރާމުގައި ހިއްސާކޮށްފައިވާ މި ފޮޓޯތަކުގައި ލީސާ ލައިފާހުރީ ޖަމްޕްސޫޓެކެވެ. މި ފޮޓޯއިން އޭނާގެ ބޭބީ ބަމްޕްވެސް ފެނިގެން ދެއެވެ.

ގްރޭ ކުލައިގެ ޖަމްޕްސޫޓުގައި ނަގާފައިވާ މި ފޮޓޯއަށް ގިނަ ބެލުންތެރިންގެ ތަރުހީބު ލިބިފައިވެއެވެ. އެގޮތުން އެތަށް ސަތޭކަ ލައިކްސް އަދި ކޮމެންޓުތައް މި ފޮޓޯއަށް ވަނީ ލިބިފައެވެ.

މި ފޮޓޯ ހިއްސާކުރަމުން ލީސާ ބުނެފައިވަނީ އޭނާ ބައެއް ފަހަރު ދަރިފުޅު ބޮޑުވަނީ ކިހާވަރަކަށްބާއޭ ހިތައް އަރާކަމަށެވެ.

 

View this post on Instagram

 

A post shared by Lisa Lalvani (@lisahaydon)

މީގެ ދުވަސް ކޮޅެއް ކުރިންވެސް ލީސާ ވަނީ ހަމަ މިކަހަލަ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. މި ފޮޓޯގައި ލީސާ ފެނިގެން ގޮސްފައިވަނީ އޮރެންޖު ކުލައިގެ ބިކިނީ އަދި ނޫ ކުލައިގެ ޖިންސެއްގަ އެވެ. މި ފޮޓޯއަށްވެސް ވަރަށް ގިނަ ބެލުންތެރިންގެ ކޮމެންޓާއި ލައިކް ލިބިފައިވާކަން ފާހަގަ ކޮށްލެވެ އެވެ.

 

View this post on Instagram

 

A post shared by Lisa Lalvani (@lisahaydon)

ލީސާ މިހާރު ބަނޑުބޮޑީ އޭނާގެ ތިންވަނަ ދަރިފުޅަށެވެ. މި ދަރިފުޅަކީ އަންހެން ކުއްޖެއްކަން އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ.

ލީސާގެ މަސައްކަތްތަކަށް ބަލާލާއިރު އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ "އޭ ދިލް ހެ މުޝްކިލް" އިން ރަނބީރުގެ ލޯބިވެރިއެއްގެ ގޮތުގައެވެ. މި ފިލްމު ނުކުމެފައި ވަނީ 2016 ވަނަ އަހަރު އެވެ. މީގެ އިތުރުން ވެސް ލިސާ ވަނީ "ކުއީން"، "އައިޝާ" "ހައުސްފުލް 3″ ފަދަ ފިލްމުތަކުން ބެލުންތެރިންނަށް ފެނިގެން ގޮސްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.