މީޑިޔާގެ ބޭފުޅުންނަށްވެސް ސިޔާސީ ދާއިރާއިން ކުރިއަށްދެވޭނެ: ޝުޖާ

މީޑިޔާގެ ބޭފުޅުންނަށްވެސް ސިޔާސީ ދާއިރާއިން ކުރިއަށްދެވޭނެ: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2021 08:55
0

ރާއްޖޭގެ އެކި މީޑިޔާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށްވެސް ސިޔާސީ ދާއިރާއިންވެސް އަދި އެނޫން ދާއިރާތަކުންވެސް ކުރިއަށް ވަޑައިގެންނެވޭ ކަމުގައި ޕީޕީއެމް ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ޝުޖާ މިފަދަ ގޮތަކަށް ޓުވީޓުކުރައްވާފައިވަނީ ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާ މެންބަރު މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޝުޖާއަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ޝުޖާ ވިދާޅުވީ ރާއްޖޭގެ މީޑިޔާގައި މަަސައްކަތް ކުރައްވާ ބޭފުޅުންނަކީ ވަރަށް ޒިންމާދާރު ބައެއްކަމަށެވެ. ޝުޖާ ވިދާޅުވީ މީޑިޔާއަކީ ދައުލަތުގެ ހަތަރުވަނަ ބާރަށްވާއިރު، ތެދު ޚަބަރާއި މައުލޫމާތު ފަތުރާ ބޭފުޅުންނަކީ އަބަދުވެސް އާންމުގެ ލޯބި ލިބޭނެ ބައެއްކަމަށެވެ. އަދި އެފަދަ ބޭފުޅުން ސިޔާސީ ދާއިރާއިންވެސް އަދި އެނޫން ދާއިރާތަކުންވެސް ކުރިއަށް ދެވޭނެކަމަށެވެ.

ޑިމޮކްރަސީގެ 4 ވަނަ ބާރަކީ މީޑިއާ. ވަކިން ޚާއްޞަކޮށް ތެދު ޞައްޙަ މަޢުލޫމާތު ހާމަކުރާ މީޑިއާތައް. ދިވެހިން ދެކެފި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ސިޔާސީ ދާއިރާގައި ފުރުޞަތު އޮތްތަން. އަޅުގަނޑު ސިޔާސީ ދާއިރާގައި ކުރިއަށްދާނީ ހުރިހައި ފަރާތްތަކަށް އިޙްތިރާމްކޮށްގެން.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާއާއި ދެކޮޅަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ރިޒްނާ ޒަރީރަކީ ރާއްޖެ ޓީވީގައި މަސައްކަތްކުރައްވާ ނޫސްވެރިއެކެވެ.

ޝުޖާ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ހުޅުމާލޭ ރައްޔިތުން ބޭނުންވަނީ ތަރައްޤީގެ ތަޖުރިބާ ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވި ބޭފުޅުން އިންތިޚާބު ކުރުމަށްކަމަށެވެ. ރައްޔިތުން ބޭނުންވަނީ ޓެސްޓް ކުރެވި ނަތީޖާ ނެގެސްދީފައިވާއި ރައްޔިތުންނަށް ޚިދުމަތް ކޮށްދެވޭ ކެންޑިޑޭޓަކު އިންތިޚާބު ކުރުމަށް ކަމަށާއި، ހުޅުމާލޭ ރައްޔިތުން ތިބީ ޝުޖާ އިންތިޚާބު ކުރުމަށް ކެތްމަދުވެފައިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.