ޑރ.މުއިއްޒުއަކީ އިޚުލާސްތެރިކަމާއިއެކު ޒިންމާ އަދާކުރައްވާ ބޭފުޅެއް: ޣައްސާން

ޑރ.މުއިއްޒުއަކީ އިޚުލާސްތެރިކަމާއިއެކު ޒިންމާ އަދާކުރައްވާ ބޭފުޅެއް: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2021 08:31
0

މާލެ ސިޓީ ކައުންސިލަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ޑރ.މުއިއްޒުއަކީ ހަވާލު ކުރެވޭ ޒިންމާތައް އިޚުލާސްތެރިކަމާއިއެކު އަދާކުރައްވާ ބޭފުޅެއްކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގެ ފޯރި ގަދަވެ ކެމްޕެއިންގެ މަަސައްކަތް ފޯރިއާއިއެކު ކުރިއަށް ގެންދާއިރު، އެންމެ ވާދަވެރި އަދ އެންމެ ގިނަބަޔެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް ދާއިރާއަކީ މާލެ ސިޓީ ކައުނސިލެވެ. ޚާއްސަކޮށް މާލެ ސިޓީގެ މޭޔަރުގެ މަޤާމާއިމެދު ވަނީ ވަރަށް ބޮޑަށް ވާދަވެރިކަން ބޮޑުވެފައެވެ. މާލެ ސިޓީ ކައުންސިލަށް އިދިކޮޅު ޕީޕީއެމް ޓިކެޓްގައި ޑރ.މުއިއްޒު ވާދަ ކުރައްވާއިރު، ސަރުކާރު ހިންގާ މައިޕާޓީން ވާދަކުރަނީ އަނަސް އަބްދުއް ސައްތާރެވެ.

ޕީޕީއެމްއިން ވާދަކުރައްވާ ކެންޑިޑޭޓް މުއިއްޒުއާއި ގުޅޭގޮތުން ޣައްސާން ވިދާޅުވީ ޑރ.މުއިއްޒުގެ ޚިދުމަތް ވަރަށް ކައިރިން ފެނުނު މީހެއްގެ ހައިސިއްޔަތުން އެމަނިކުފާނަކީ ވަރަށް އިހުލާސްތެރި ހަވާލު ކުރެވޭ ކޮންމެ ކަމެއް ވަރަަށް ތެދުވެރިކަމާއިއެކު އަދާކުރައްވާ ބޭފުޅެއްކަމަށެވެ. އަދި ކޮންމެ މަސައްކަތެއްވެސް އެކަމެއް ނިމިދިއުމާއި ހަމައަށް ކައިރިން ބަލައި ފަރުވާތެރި ކަމާއިއެކު މަސައްކަތް އަދާކުރައްވަމުންދާ ބޭފުޅެއްކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކާމިޔާބު ވެރިކަމުގައި ޑރ.މުއިއްޒުއާއި އެއްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު. ޑރ.މުއިއްޒު އަކީ، ހީވާގި، މުރާލި، ވަރަށް ޤާބިލް، އިޚުލާސްތެރި ކަމާއިއެކު ޒިންމާ އުފުއްލަވާ ބޭފުޅެއްކަން ދުށިން. މާލޭ މޭޔަރު ކަމަށް އެންމެ ޤާބިލް ކެންޑިޑޭކަން ކަށަވަރު.

– ޣައްސާން ވިދާޅުވިއެވެ.

މުއިއްޒު އަކީ ފަހުގެ ތާރީހެއްގައި މާލެ ސަރަހައްދަށް އައިސްފައިހާ ހުރިހާ ތަރައްޤީގެ އެންމެ ބޮޑު ހިއްސާދާރެވެ. މުއިއްޒު ވަނީ މާލެ ހުޅުމާލެ ބްރިޖްގެ މަޝްރޫއާއި، 25 ބުރީގެ ހޮސްޕިޓަލުގެ މަސައްކަތުގައިވެސް ބަރަށް ބޮޑު ދައުރެއް އަދާ ކުރައްވާފައެވެ. އަދި މާލޭގައި ހެދުނު އެކި ޕާކްތަކާއި، މައިޒާންތަކާއި، ހާބަރު ސަރަހައްދަށް ގެނެވުނު ބަދަލުތަކާއި، މިސްކިތްތަކަށް ގެނެވުނު އެންމެ ޒަމާނީ ބަދަލުތަކުގައިވެސް މުއިއްޒުގެ ދައުރު ބޮޑެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.