އިދިކޮޅު މުޒާހަރާއިން 7 މީހަކު ހައްޔަރުކޮށްފި

އިދިކޮޅު މުޒާހަރާއިން 7 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2021 07:47
0

އިދިކޮޅު ޕްރޮގްރޮސިވް ކޯލިޝަނުން މިއަދު މާލޭގައި ކުރި މުޒާހަރާހެ ތެރެއިން7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިއަދުގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ ދެ މެމްބަރުން ކަމުގައިވާ މުހައްމަދު އިސްމާއިލްއާއި، މުހައްމަދު ޝާހިދު ހިމެނެއެވެ. މުޒާހަރާގެ ބައިވެރިން ހުއްޓުވައި މުޒާހަރާ ކޮންޓްރޯލް ކުރުމުގައި މިއަދުވެސް ފުލުހުން ވަނީ އެކަށީގެންނުވާ ބާރު ބޭނުންކޮށްފައެވެ. އަދި ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ވަރަށް އަނިޔާވެރިގޮތަކަށް ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ޕީޕީއެމްގެ އޮފީސް ދޮރުމަތިން އިހުތިޖާޖް ފެށުމާއެކުު ފުލުހުންވަނީ އިހުތިޖާޖުގެ ބައިވެރިން މަގުމައްޗަށް ނުނުކުމެވޭގޮތަށް ޕީޕީއެމްގެ އޮފީސްތެރެއަށް ވައްދާ، ޕީޕީއެމްގެ އޮފީސް ދޮރުމަތީ ފުލުހުންގެ ސަފު އަތުރާލާފައެވެ.

މިއަދު ބޭއްވި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ބައެއް ބޭފުޅުން ވަނީ މިއަދު އިހުތިޖާޖަށް ނުކުންނާނީ އަދުގެ ސަރުކާރު ދިވެހިރާއްޖެ ބޭރުގެ ބައެއްގެ އަޅުވެތިކަމަށް ގެންދިއުމަށް ކުރާ މަސައްކަތްތަކާއި ދެކޮޅަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ކޯލިޝަން މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މުޅި ރާއްޖޭގައި މި ހަރަކާތް ކުރިއަށްގެންދިއުމަށް ގޮވާލައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.