ސަރުކާރުން ދެން ކުޅެން ޖެހޭނީ ޑިފެންސަށް: އުމަރު

ސަރުކާރުން ދެން ކުޅެން ޖެހޭނީ ޑިފެންސަށް: އުމަރު

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2021 03:25
0

ލީކުކޮށްލާފައިވާ އުތުރު ތިލަފަޅު އެއްބަސްވުމާއިއެކު ސަރުކާރު ވަރަށް ބޮޑަށް ހޫނު ފެނަށް ވެއްޓިފައިވާކަމަށާއި، ދެން ސަރުކާރުން ކުޅެން ޖެހޭނީ އަބަދުވެސް ޑިފެންސަށް ކަމުގައި މި ލިޔުންތައް ލީކްކޮށްލެއްވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގެ ބައިތަކެއް ލީކްކޮށްލުމާއި ގުޅިގެން ސަރުކާރުން ދައްކަމުންދާ ވާހަތަކަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވީ އޭނާ ލީކްކޮށްލި ލިޔުންތަކަކީ އިންޑިޔާއިން ރާއްޖެއަށް ސޮއިކުރަން ފޮނުވި ޑްރާފްޓް ކަމަށެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަދަލުތަކެއް ގެނައިތޯ ނުވަތު ނޫންތޯ ނޭގޭކަމަށް އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރަށް މިހާރުވެސް ޑީއެންއޭ ވުޖޫދުވެފައިވާކަން މާބޮޮޑަށްވެސް އެގިފައިވާކަމަށެވެ. އަދި މި މައްސަލާގައި ދެން ސަރުކާރުން ކުޅެންޖެހޭނީ މުޅިންވެސް ޑިފެންސަށް ކަމުގައި އުމަރު ވިދާޅުވިއެވެ.

އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއެކު ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލަށް ބަލާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާނެކަމަށް ވަނީ ބެލެވިިފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއިއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

އެ އެއްބަސްވުމުގައި ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.

އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.