ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަން ކުރައްވަމުން ގެންދަވަނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޙިލާފަށް ކަމަށް ބުނެ، އެމަނިކުފާނު މަގާމުން ދުރުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ގޮވާލާ ގަރާރެއް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކައުންސިލަށް ޤަރާރެއް ފާސްކޮށްފިއެވެ.
މި ޤަރާރު ފާސްވެފައިވަނީ ކައުންސިލަށް ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު ކޯލިޝަނުން ފަސްކޮށްފައިވާ ޤަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 6 ވަނަ މާއްދާގައި "މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ." މިހެން ބަޔާން ވެގެންވީހިދު، އެމަނިކުފާނު ވެރިކަން ކުރައްވަން ޖެހިވަޑައިގަންނަވާނީ ޤާނޫނުއަސާސީއާއި އެއްގޮތަށް ނޫންކަމަށެވެ.
ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާ އެ ބާރުތަކާއި މަސްއޫލިއްޔަތުތައް އަދާނުކުރައްވައި، އެނގިވަޑައިގެން ހުންނަވައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޤާނޫނުއަސާސީއާއި ޚިލާފު
އިއްޔެ ލީކުވެފައިވާ އުުތުރު ތިލަފަޅުގެ އެގްރީމެންޓްގައި ވާގޮތުން، އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި 60 އަހަރު ތިބެވޭނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. އަދި އެތާތިބޭ ސިފައިންނަށް ހަތިޔާރު ބޭނުންކުރެވޭނެ ކަމަށްވެސް މި އެގްރީމެންޓްގައި ބުނެފައި ވެއެވެ.
އެހެންނަމަވެސް ޑިފެންސް މިނިސްޓރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއް ކަމަށެވެ.
އަދި ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ޑިފެންސް މިނިސްޓްރީން ވަނީ ޔަގީންކޮށްދީފަ އެވެ.
ކޮމެންޓު ފޮނުވާ