އުފަންދުވަސް ފާހަގަކުރުމާއި، ލަވަޔާއި މިޔުޒިކު ކުޅުމަކީ ޙަރާމް ކަމެކޭ ނުބުނެވޭނެ: މައުމޫން

އުފަންދުވަސް ފާހަގަކުރުމާއި، ލަވަޔާއި މިޔުޒިކު ކުޅުމަކީ ޙަރާމް ކަމެކޭ ނުބުނެވޭނެ: މައުމޫން

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2021 12:37
0

ޤައުމީ ނުވަތަ އިޖްތިމާޢީ މުނާސަބަތުތައް ފާހަގަކުރުމާއި، އިންސާނީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި، އުފަންދުވަސް ފާހަގަކުރުމާއި، އެކިއެކި ކުޅިވަރު ކުޅުމާއި، މުނިފޫހި ފިލުވުމަށް ކުރާ ކަންކަމާއި، ލަވަކިޔުމާއި، މިޔުޒިކު ކުޅުން ފަދަ ކަންކަމަކީވެސް ޙަރާމް ކަމެކޭ ބުނާނެ ތަނެއް ނެތްކަމުގައި ދީނީ އިލްމުވެރިޔާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

"ޙަރާމް ވާނީ ހަމައެކަނި މާތް ﷲ ޙަރާމް ކުރެއްވި ކަންތައްތަކެއް" މި މައުޞޫގެ ދަށުން ރައީސް މައުމޫން ލިޔުންވައި އާންމު ކުރެއްވި ލިޔުމުގައި ދީނީ ގޮތުން މިފަދަ ކަންކަމުގައި ދަލީލުތަކައި، ހަދީސްތަކާއި އެކި އިލްމުވެރިންގެ ރައުޔުވެސް ހިމަނުއްވާފައިވެއެވެ.

އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަންތައްތަކަށް ނަޒަރު ހިންގައި ރައީސް މައުމޫން ވިދާޅުވީ އިސްލާމްދީނަކީ ލުއިފަސޭހަ، އަދި ހުރިހާ ޒަމާނަކަށާއި ތަނަކަށް އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދޭ ވަރަށް މުހިންމު ކަމަކަށް ސަމާލުކަން ދޭން ޖެހޭކަމަށެވެ. އެއީ، ޙަރާމް ކުރައްވާފައި ނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމުގައި މާތް ﷲ ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމުވެ. މިސާލަކަށް، ކަމެއްގެ ޙުކުމާ ބެހޭގޮތުން މުފްތީއެއްގެ އަރިހުގައި ސުވާލު ވެވިއްޖެ ނަމަ، އެކަމަކާބެހޭ ޙުކުމެއް ކީރިތި ޤުރްއާނުން ނުވަތަ ސުންނަތުން ނުވަތަ އެހެން ޝަރްޢީ ދަލީލަކުން ފެނިވަޑައިނުގެންނެވި ނަމަ، މުފްތީއަށް އޮންނާނީ، އެ ކަމަކީ ހުއްދަ ކަމެއްކަމުގައި ވިދާޅުވުން ކަމަށެވެ. ސަބަބަކީ، ކޮންމެ ކަމެއްގެވެސް އަސްލު ޙުކުމަކީ އެ ކަމެއް ހުއްދަވުން ކަމަށް ވާ ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އުފަންދުވަސް ފާހަގަކުރުމާއި، ލަވަޔާއި، މިޔުޒިކް ކުޅުންފަދަ ކަންކަމީ ޙަރާމް ކަމެއް އެކުލެވިގެން ވާ ނަމަ ނުވަތަ އެ ކަމަކީ ޙަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތަކަށް ވާ ނަމަ އެ ކަމެއް ޙަރާމް ވާނެކަމީ އެއްވެސް ޝައްކެއްތެ ނެތް މިންވަތަށް ޔަގީން ވާނެ ކަމެއްކަމަށެވެ.

ޤައުމީ ނުވަތަ އިޖްތިމާޢީ މުނާސަބަތުތައް ފާހަގަކުރުމާއި، އިންސާނީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި، އުފަންދުވަސް ފާހަގަކުރުމާއި، އެކިއެކި ކުޅިވަރު ކުޅުމާއި، މުނިފޫހި ފިލުވުމަށް ކުރާ ކަންކަމާއި، ލަވަކިޔުމާއި، މިޔުޒިކު ކުޅުން ފަދަ ކަންކަމަކީވެސް ޙަރާމް ކަމެކޭ ބުނާނެ ތަނެއް ނެތެ.

– ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިރިއުޅުން ތަރައްޤީވެ އިންސާނާ ޙަރަކާތްތެރިވާ މައިދާންތައް އެއްދުވަހުން އަނެއްދުވަހަށް ފުޅާވެ ތަނަވަސް ވެގެން ދިޔުމަކީ ކަން ވަމުން ދާ ގޮތް ކަމަށެވެ. އޭގެތެރެއިން އެއްވެސް ކަމަކީ ޙަރާމް ކަމެކޭ ބުނެވޭނީ އެމަނިކުފާނުގެ ލިޔުމުގައި ބަޔާންކުރެއްވި ދަލީލުތަކުގެ ތެރެއިން ދަލީލަކުން އެއީ ޙަރާމް ކަމެއް ކަން ސާބިތުވާން އޮތް ނަމަ ކަމުގައެވެ.

އެހެންކަމުން، ޤައުމީ ނުވަތަ އިޖްތިމާޢީ މުނާސަބަތުތައް ފާހަގަކުރުމާއި، އިންސާނީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި، އުފަންދުވަސް ފާހަގަކުރުމާއި، އެކިއެކި ކުޅިވަރު ކުޅުމާއި، މުނިފޫހި ފިލުވުމަށް ކުރާ ކަންކަމާއި، ލަވަކިޔުމާއި، މިޔުޒިކު ކުޅުން ފަދަ ކަންކަމަކީވެސް ޙަރާމް ކަމެކޭ ބުނާނެ ތަނެއް ނެތެވެ. އެހެންނަމަވެސް، އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ޙަރާމް ކަމެއް އެކުލެވިގެން ވާ ނަމަ ނުވަތަ އެ ކަމަކީ ޙަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތަކަށް ވާ ނަމަ އެ ކަމެއް ޙަރާމް ވާނެކަން ޔަޤީން ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.