ކުރީގެ ހޯމް މިނިސްޓަރ އުމަދު ނަސީރާއިމެދު ފިޔަވަޅު އެޅައި، އޭނާ ހައްޔަރު ކުރުމަށް މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރުން ގޮވާލައިފިއެވެ.
އުތުރު ތިލަފަޅާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފްވާހަދައްކާ މީހުންނާއި، އަދި ފޭކް އެއްބަސްވުންތައް ލީކުރަމުންދާ މީހުންނާއިމެދު ޤާނޫނީ ފިޔަވަޅުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ އުމަރު ނަސީރު މިފަދަ ފޭކް އެއްބަސްވުމެއް ލީކްކޮށް، ސިފައިންގެ އަގު ވައްޓާލަމުންދާއިރު އެކަމަށް ފިޔަވަޅު ނޭޅޭކަމީ ކަންބޮޑުވުމެއްކަމަށެވެ.
މިމައްސަލާގައި ވާހަކަ ދައްކަވަމުން މުލަކު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނަޞީރު ވިދާޅުވީ އުމަރު ނަސީރަކީ މީގެ ކުރިންވެސް ރާއްޖޭގެ ސަލާމަތީ ބާރުތައް ހިފުމަށް ގޮވާލައި އެފަދަ މަސައްކަތް ކުރި މީހެއްކަމަށެވެ. މިފަދަ މީހަކު މުޖުތަމައުގެ ތެރޭގައި ދޫކޮސްފައި ބެހެއްޓުމަކީ އޮތް ނުރައްކަލެއްކަމަށް އޭނާ ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސްލަހަތު ގާއިމް ކުރުމަށްކަމަށެވެ. އަދި މިއަދު އިންޑިޔާއާއާއިއެކު ހަދާފައިވާކަމަށް ބުނާ އެއްބަސްވުމަކީ އެއްވެސް ހާލެއްގައި މިއަދު ހަދާފައިވާ އެއްބަސްވުމެއް ނޫންކަމަށެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ހަދާފައިވާ އެއްބަސްވުމަކަށްވާއިރު މިއެއްބަސްވުމަށް ބަދަލު ތަކެއް ގެނެސް މިނިވަންކަމާއިއެކީ މިފަދަ އެއްބަސްވުންތަކެއް ހެދުމުން މިއަދު މިކަމައި ހަޖަމް ނުވެގެން އުޅެނީކަމަށެވެ.
މުހައްމަދު ރަޝީދު ހުށަހަޅުއްވި މިމައްސަލާގައި ބުނެފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ނިމިދިޔަ ސަރުކާރުތަކުން މި އެއްބަސްވުން ހެދުމަށް މަސައްކަތްކޮށް 2016 ވަނަ އަހަރު އޭރުގެ ޑިފެންސް މިނިސްޓަރު އިންޑިޔާ ސަރުކާރާއިއެކު މި އެއްބަސްވުން ހަދާފައިވާކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އޭރުގެ އެއްބަސް ވުމުގައި ހިމެނޭ ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާގޮތަށް ހުށަހެޅި ހުރިހާ މާއްދާތަކެއް އުނިކޮށް، ރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓޭގޮތަށް މި އެގްރީމަންޓަށް ބަދަލު ގެނެސް އިސްލާހު ކޮށްފައިވާކަމަށެވެ.
އަދި މިއަދު ފޭކު އެގްރީމަންޓް ހަދައި ސިފައިންގެ އަގުވައްޓާލަން ކުރާ މަސައްކަތަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް މުހައްމަދު ރަޝީދު ވިދާޅުވެފައިވެއެވެ. ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށްވުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ސިފައިން ކުރައްވާ މަސައްކަތާއި ދެކޮޅަށް މަސައްކަތް ކުރައްވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މިމައްސަލާގައި މަޖިލީހުގައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ މިއީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އެޅިގެންދިޔަ ވަރަށް ބޮޑު ހަރަހެއްކަމަށެވެ. މިކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ރުޅި އަންނާނެކަމަށެވެ. ނަމަވެސް މިއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ