ގޯސްކޮން ކަމެއް ނުހިނގާނަމަ އެއްބަސްވުން ހާމަކުރަން ފަސްޖެހެންވީ ސަބަބެއްނެތް

ގޯސްކޮން ކަމެއް ނުހިނގާނަމަ އެއްބަސްވުން ހާމަކުރަން ފަސްޖެހެންވީ ސަބަބެއްނެތް

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 09:32
0

ގޯސްކޮން ކަމެއް ހިނގާފައި ނުވާނަމަ ރައްޔިތުންގެ މިހާ ކަންބޮޑުވުން އޮތް މައްސަލައެއްގައި ހަގީގަތް ހާމަކުރުމަށް ފަސްޖެހެންޖެހޭ ސަބަބެއް އޮވެގެންނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދަގޮތަކަށް ވިދާޅުވެފައިވަނީ އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެން މިއަދު ލީކްކޮށްލާފައިވާ ލިޔުންތަކަކީ ހަގީގަތާއި ޚިލާފް އަދި ސިޔާސީ މަޤުސަދެއްގައި ސިފައިންގެ އަގުވައްޓާލުމަށް ހިންގުނު ދަށުދަރަޖައިގެ ފިޑި އަމަލެއް ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ އެ އެއްބަސްވުމުގެ ހަގީގަތް އޮޅުވާލައި، ސިފައިންގެ އިސްވެރިންނާއި ހަވާލާދީ ހަގީގަތާއި ޚިލާފް ވާހަކަފެތުރުމަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށެވެ.

މިނިސްޓަރގެ ވާހަފުޅާއި ގުޅިގެން އުޝާމް ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމުގެ ވާހަތަކަކީ އެއްވެސް ހާލެއްގައި ސިޔާސީ ވާހަތަކެއް ނޫންކަމަށެވެ. އަދި އެ އެބަސްވުމުގެ ވާހަކަ ދެއްކުމަކީވެސް ގޯސްކަމެއް ނޫންކަމަށެވެ. ރައްޔިތުންނަށް އެކަމަކާއި ގުޅިގެން ސުވާލު އުފެދި އޮޅުންފިލުންޖެހޭ ކަންތައްތަކެއްވާނަމަ ފަސް ނުޖެހި ކަމުގެ ހަގީގަތް ހާމަކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އުޝާމް ވިދާޅުވިއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގެ ވާހަކައަކީ ސިޔާސީ ވާހަކައެއްނޫން. އަދި އެވާހަކަ ދެއްކުމަކީ ސިފައިންގެ އަގުވައްޓާލުމެއްވެސް ނޫން. ގޯސްކޮން ކަމެއް ހިނގާފައި ނުވާނަމަ ރައްޔިތުންގެ މިހާ ކަންބޮޑުވުން އޮތް މައްސަލައެއްގައި ހަގީގަތް ހާމަކުރުމަށް ފަސްޖެހެންޖެހޭ ސަބަބެއް އޮވެގެންނުވާނެ.

– އުޝާމް ވިދާޅުވިއެވެ.

މި މައްސަލާގައި މިއަދު ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއް ކަމަށެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ޑިފެންސް މިނިސްޓްރީން ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް މިމައްސަލާގައި އަދިވެސް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ސުވާލު އުފައްދަވަމުންނެވެ. އަދި މި ލިޔުންތައް ލީކް ކޮށްލި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެފައިވަނީ މިއީ ހަގީގީ ލިޔުންތަކެއް ކަމަށާއި، މިކަމުގެ ތަފްސީލް މާދަމާ ހާމަކުރައްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަމް
އަސްލު ހާމަ ކުރޭ ވީހާ އަވަހަކަށް.ނުކުރާނަމަ މީ ތެދު . ބޭނުންހާދުވަހެއްކޮއްފަ ބޭނުންގޮތަކަށް ބަދަލްކުރާންވެގެން ލަސްކުރައްޏާ ކުރާނީ.
H Hosyn
Aslu nufennahaa hindhaku Alhugadumen e .liyun dhogeh nukuraanan.