ނިކުމެ މިހިރީ ހުޅުމާލޭ ރައްޔިތުން އެދުނު ގޮތަކަށް ޚިދުމަތްދޭން: ޝުޖާ

ނިކުމެ މިހިރީ ހުޅުމާލޭ ރައްޔިތުން އެދުނު ގޮތަކަށް ޚިދުމަތްދޭން: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 06:10
0

ހުޅުމާލޭ ދާއިރާއަށް ނިކުމެ ހުންނެވި އެދާއިރާގެ ރައްޔިތުން އެދޭގޮތަށް ބޭނުންވި ކޮންމެ ކަމެއް ކޮށްދެއްވުމުގެ މަތިވެރި އަޒުމުގައި ކަމަށް ހުޅުމާލެ ދާއިރާއަށް އިދިކޮޅު ޕީޕީއެމްއިން ވާދަކުރައްވާ ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ޝުޖާގެ ޖަގަހަ ހުޅުމާލޭގައި ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ އޭނާ ނިކުމެ ހުރީ ރައްޔިތުން އެދޭފަދަ ބާރު ސްޕީޑުގައި ޚިދުމަތް ކޮށްދެއްވުމުގެ އަޒުމުގައިކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުން ރައްޔިތުންނަށް ގެނެސްދެއްވި ތަރައްޤީއާއި ތަހުޒީބު އަލުން އިޔާދަ ކުރުމަކީ އެންމެ ބޮޑު އަޒުުމްކަމަށް ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ ހުޅުމާލޭގައި ދިމާވެފައިވާ އެތަކެއް މައްސަލަތަކެއް ހައްލުކޮށް ދެއްވުމަށް މިސަރުކާރުން އަދި މިހާރު އޮތް ކައުންސިލް ނުކުޅެދިފައިވާކަމަށެވެ. ހުޅުމާލޭގައި ހުރި މައްސަލަތަކުގެ ތެރެއިން ގިނަ ކަންކަމަށް ޝުޖާވަނީ ހުށަހަޅުއްވައި އެކަންކަމަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަޅުގަނޑު ވާދަ މިކުރަނީ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވައިގެން ހުރި މައްސަލަތައް ދެނެގަނެގެނެ. ޝުޖާ ބަލާނެ ހުޅުމާލޭގެ މަގުތަކުގައި ކުނި ކަހާތޯ، ޝުޖާ ބަލާނެ ހުޅުމާލޭގެ ކޮން މަގުތަކެއްގައިތޯ ލައިޓްތައް އަދާފައިހުރީ. ޝުޖާ ބަލާނެ ހުޅުމާލޭގެ މިސްކިތްތަކުގެ ފާހަނާތަކުގައި ތަޅު ނުލެވެނި ކޮން މިސްކިތްތަކެއްގައިތޯ. ޝުޖާ ބަލާނެ މިސްކިތްތަކުގެ ފުރާޅުން ވާރޭވެހެތޯ، އެކަން ކުރަން ޝުޖާ އޮންނާނެ ރައްޔިތުންނާއިއެކު ފުރާޅު މަތީގައި. ރައްޔިތުންގެ ބައްދަލުވުން މުޅި ހުޅުމާލޭގެ ރައްޔިތުންނަށް ބައިވެރި ވެވޭނެހެން ލައުޑް ސްޕީކަރު ހަރުކޮށްގެން ބާއްވާނެ.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ މީ މަގޭ ރާއްޖެ ތަސައްވަރަކީ ދިވެހިންގެ ވިއްދާއި އހުސާސްތަކާއި ގުޅިފައިވާ ތަސައްވަރެއް ކަމަށެވެ. ހުޅުމާލޭގައި މިއަދު އޮތް އިޖުތިމާއީ މައްސަލަތަކާއި އިޤްތިސާދީ ދަތިތަކަށް ހައްލު ގެނެވޭނީ އެކަން ކުރަން އެގޭ އެކަމުގެ ގާބިލްކަން ހުރި ބަޔަކަށް ކަމަށެވެ. ހުޅުމާލޭގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާއި، ދީނީ ނަސޭހަތް ދިނުމާއި، ގޭގޭގެ ކަރަންޓް މީޓަރުތަކަށް ދިމާވެފައިވާ މައްސަކަތަކީ ނޯޓު ކުރެވި ހައްލު ހޯދައި ދޭނެ މައްސަލަތަކެއް ކަމަށެވެ.

ހުޅުމާލޭގެ ރައްޔިތުންނަކީ އެއްބައިވަންތަ އަދި ޤައުމީ ކަންކަމަށް އިސްކަންދޭ ރައްޔިތަކު ދިރިއުޅޭ ޝަހަރަކަށް ވީނަމަވެސް މިއަދު އެޝަހަރު އޮތީ ނާއުންމީދާއިއެކުގައިކަމަށެވެ. ނަމަވެސް އެކަން ނިމުމަކަށް ގެނެސް ހުޅުމާލެއަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސްދެއްވި ތަރައްޤީ އަލުން އިޔާދަ ކޮށްދެއްވަނެކަމަށް ޝުޖާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.