މާލޭގެ ރައްޔިތުން އަޅުވެތިކަމުން މިނިވަން ކުރާނީ ޕީޕީއެމް: އަދުރޭ

މާލޭގެ ރައްޔިތުން އަޅުވެތިކަމުން މިނިވަން ކުރާނީ ޕީޕީއެމް: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 05:51
0

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އަޅުވެތިކަމާއި، ހިތްތަދި ހާލުން މިނިވަން ކުރާނީ ޕީޕީއެމްއިން ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް ޔޫތު ސިޓީގައި ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މާލޭގެ ރައްޔިތުން ތެރޭގައި ތިއްބެވި އެމްޑީޕީއާއި، ޖޭޕީއާއި އަދި އެނޫން ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުންވެސް މުއިއްޒުއަށް ވޯޓު ދެއްވުމަކީ މާލޭގެ ރައްޔިތުން ތިބި އަޅުވެރި ކަމުން ސަލާމަތް ކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ. ޑރ.މުއިއްޒުއާއި، ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ޝުޖާއަކީ ޤައުމީ ބަތަލުން ކަމަށާއި، އެބޭފުޅުން މާލެ ސިޓީ ހެއްވާލަ ދޭނެކަަށެވެ.

މާލެ ސިޓީގައި މިހާތަނަށް ފެންނަތް އޮތް ބޮޑު ތަރައްޤީއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޑރ.މުއިއްޒުގެ ބެލުމުގެ ދަށުން ގެނެވިފައިވާ ތަރައްޤީއަށްވާއިރު، އެތަރައްޤީ އިޔާދަ ކުރެއްވުމަށް ބޭނުންވާނަމަ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ މުހިންމު ކަމެއްކަމަށެވެ.

ޔޫތު ސިޓީގެ ތަސައްވަރަކީ ރައީސް ޔާމީންގެ ތަސައްވަރެއް. ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ދާއިރާ ތަރައްޤީ ކުރެވޭނީ. ޝުޖާއަކީ އެފަދަ ނަމޫނާ ދެއްކެވި ބޭފުޅެއް. ހަމަ އެފަދައިން މުއިއްޒު އާއިމެެދު ހަދާނެ ގޮތް ހުސްވެގެން މިސަރުކާރުވަނީ ކުޑަކަކޫ މައްޗަށް ތިރިވެފަ.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއަދު ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދަނީ ވެއްޔާ މޮޑެވި އަތުން ދޫވެގެން ގޮސްފައިވާކަމަށެވެ. މިއަދު ކުރަންޖެހޭ މަސައްކަތަކީ މިނިވަންކަން އަލުން އިޔާދަ ކުރުމުގެ މަސައްކަތް ކަމަށެވެ. މިނިވަންކަން ދާނެކަމަށް ބަލައިގެން ދެން މަސައްކަތް ކުރުމަކީ ގޯސް ކަމެއްކަމަށާއި، މިއަދު މިނިވަންކަން އަލުން ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ނޫން ގޮތެއް ނެތްކަމަށެވެ.

އޭނާ ވިދާޅުވީ މިކަންވާނީ ދިވެހި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިގެން ކަމަށެވެ. ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އަބްދުއްރަހީމް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.