ބުއްފުޅިއާއިއެކު ހިނގާ ޅަދަރިން މޭޔަރަކަށް އަދި ނެރޭކަށްނުވޭ: ސައީދު

ބުއްފުޅިއާއިއެކު ހިނގާ ޅަދަރިން މޭޔަރަކަށް އަދި ނެރޭކަށްނުވޭ: ސައީދު

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 05:37
0

ބުއްފުޅިއާއިއެކު އަތުގައި ހިފައިގެން ގޭގެއަށް ހިނގާވަރުގެ މީހުންގެ ޅަދަރިން ސިޓީތަކުގެ މޭޭޔަރުންގެ މަޤާމަށް ކުރިމަތިލައްވަން ނުޖެހޭކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޔޫތު ސިޓީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ކައުންސިލް ތަކަކީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކުރާ ބަޔަކު އިންތިޚާބު ކުރަންޖެހޭ ތަންތަން ކަމަށެވެ. ސިޓީ ކައުންސިލްތަކަކީ ރައްޔިތުންގެ އެންމެ މުހިންމު މަސައްކަތްތަކެއް ކުރާނެ މުވައްސަސާއަށްވާއިރު، އެ މުވައްސަސާއަށް ކުޑަކުދިން ލައްވައި ކުރިމަތިލައިގެން އުޅުއްވުމަކީ ގޯހެއްކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މާލެ ސިޓީއަށް ރައްޔިތުން ބޭނުންވަނީ ތަރައްޤީގެ ތަޖުރިބާ ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވި ބޭފުޅުން އިންތިޚާބު ކުރުމަށްކަމަށެވެ. ރައްޔިތުން ބޭނުންވަނީ ޓެސްޓް ކުރެވި ނަތީޖާ ނެގެސްދީފައިވާއި ރައްޔިތުންނަށް ޚިދުމަތް ކޮށްދެވޭ ކެންޑިޑޭޓަކު އިންތިޚާބު ކުރުމަށް ކަމަށާއި، މާލެ ސިޓީ ރައްޔިތުން ތިބީ ޑރ.މުއިއްޒު އިންތިޚާބު ކުރުމަށް ކެތްމަދުވެފައިކަމަށެވެ.

އިންތިޚާބުތަކުގައި އަދި ކުޑަކުދިން ވާދަކުރާ ހިސާބަކަށް ނުދޭ. ރައީސް ނަޝީދު އަތުގައި ހިފައިގެން ގޭގެއަށް އެ ހިނގަނީ. ރައްޔިތުން ބޭނުންވަނީ އެފަދަ ކެންޑިޑޭޓުންނެއްނޫން. ބްރިޖް އަޅައި، ފްލެޓް އެޅުމުގެ މޭސްތިރިކަން ކުރެއްވި ބޭފުޅުން ރައްޔިތުން ބޭނުންވަނީ.

– ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ހުޅުމާލެއިންވެސް ޕީޕީއެމްގެ ކެނޑިޑޭޓް ޝުޖާއާއި ވާދަ ކުރައްވަނީ ހަމަ އެފަދަ ކެންޑިޑޭޓެއްކަމަށެވެ. ސިޔާސީ ގޮތުން އެއްވެސް ތަޖުރިބާއެއްނެތް އަދި ދާއިރާއަށް މިހާތަނަށް އެއްވެސް ކަމެއް ކޮށްދެއްވާފައި ނުވާ ބޭފުޅެއްކަމަށެވެ. ރައްޔިތުން ބޭނުންވަނީ ތަޖުރިބާ ކުރެވި ނަތީޖާ ނެރެދޭ ކެންޑިޑޭޓުންކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.