ޕޮގްބާގެ އެއްބަސްވުން އާކުރަނީ

ޕޮގްބާގެ އެއްބަސްވުން އާކުރަނީ

Author
އިބްރާހީމް ސާޢިދު
17 އޮކްޓޯބަރ 2020 08:48
0

ފްރާންސްގެ ޕައުލް ޕޮގްބާގެ އެއްބަސްވުން އާކުރަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ފަށައިފިއެވެ.

ޕޮގްބާ މި ވަގުތު ޔުނައިޓެޑުގެ އެއްބަސްވުމުގައި ހުރީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އެކަމަކު ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް ޕޮގްބާގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން އެ ފުރުސަތުގެ ބޭނުން ހިފައި، 2022 ވަނަ އަހަރުގެ ނިޔަލަށް ޕޮގްބާ ޔުނައިޓެޑުގައި ބެހެއްޓުމަށް އެ ޓީމުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ޕޮގްބާ ދާދި ފަހުން ބުނެފަވަނީ ކޮންމެ ކުޅުންތެރިއަކު ވެސް ރެއާލަށް ކުޅެން ބޭނުންވާނެ ކަމަށާއި، އެއީ ކޮންމެ ކުޅުންތެރިއެއްގެވެސް ހުވަފެނެއް ކަމަށެވެ.

2022 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޕޮގްބާ އެ ކުލަބުގައި ބަހައްޓަން އަމާޒުހިފީ، ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ ވިއްކާލަން ޔުނައިޓެޑުން ބޭނުންނުވާތީވެއެވެ. ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިއަރު ފެށި ޕޮގްބާ މީގެ ކުރިން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ.

ޕޮގްބާ ވަނީ މިހާތަނަށް ޔުނައިޓެޑާއެކު އިނގިރޭސި ލީގު ކަޕުގެ އިތުރަށް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.