ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރިއަށް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީޓަކުގެ އިންތިޚާބުގެ ކެމްޕެއިނަށް އަމިއްލަ ދާއިރާއަށް ކުރައްވާ ދަތުރުރުތަކަކީ ސަލާމުގެ ގޮތުގައި ބަލައިގަނެވޭނެ ދުވަސް ތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު، ކެމްޕެއިނަށް ސިޔާސީ ޕާޓީތަކުން ކަރަންޓީނެއްނެތި ދަތުރު ކުރެވޭނެ އުސޫލެއްވެސް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުން ބޮޑުވުމުން އެޗްޕީއޭއިން ވަނީ އެގަޑްލައިން އުވާލާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ކަރަންޓީން ވުމަށްފަހުވެސް މި އިންތިޚާބުގެ ކަންކަން ނިންމުމަށް ސިޔާސީ ޕާޓީޓަކުންނާއި، ސިޔާސީ ބޭފުޅުން ނުހަނު ބޮޑު ގުރުބާނީއެއް ވަމުންދާކަމަށެވެ. އަދި އެކަމަށްޓަކައި މަޖިލިސް ރައީސް ވަނީ ސިޔާސީ ޕާޓީތަކަށާއި، މަޖިލިސް މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަކީ ސިޔާސީ ބޭފުޅުންނަށްވާއިރު އިންތިޚާބު ތަކުގައި އަބަދުވެސް އުޅުމަކީ ސިޔާސީ ބޭފުޅުންގެ އެންމެ މުހިންމު މަސައްކަތް ކަމުގައެވެ.
ވަރަށް ގިނަ މެމްބަރުން އެދިވަޑައިގަންނަވާ ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ބައިވެރިވެ ވަޑައިގަތުމަށް ދާއިރާއަށް ވަޑައިގަތުމުގެ ފުރުސަތެއް އޮތުމަށް. އަޅުގަނޑު ފުރަތަމަ ފާހަގަކުރަން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަކީ ސިޔާސީ ބޭފުޅުން. އެބޭފުޅުން އެންމެބޮޑަށް ކުރާންޖެހިފައިވާ މަސައްކަތަށްވާނީ، އިންތިޚާބުތަކުގައި ބައިވެރިވެ ވަޑައިގަންނަވައިގެން ކުރައްވާ ސިޔާސީ މަސައްކަތް. އެއީ މަޖިލީހުގެ އިދާރާއިންވެސް އަދި އެހެން ތަންތަނުންވެސް ސަލާމުގެ ގޮތުގައި ބަލައި ގަނެވޭނެ ކަމެއް.
– މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކެމްޕެއިނަށް މަހަކަށްވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ހަމަހަމ ފުރުސަތު ނުލިބޭކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދަނީ ބުނަމުންނެވެ. އަދި މިމައްސަލާގައި ކޯޓަށް ދާނެކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، އިންތިޚާބަށް ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުންވެސް ދަނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ