ސިޔާސީ މަޤުސަދެއްގައި ސިފައިގެ އަގުވައްޓާލުމަކީ ދަށުދަރަޖައިގެ ފިޑި އަމަލެއް: މާރިޔާ

ސިޔާސީ މަޤުސަދެއްގައި ސިފައިގެ އަގުވައްޓާލުމަކީ ދަށުދަރަޖައިގެ ފިޑި އަމަލެއް: މާރިޔާ

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 02:36
0

ސިޔާސީ މަޤުސަދެއްގައި ސިފައިގެ އަގުވެއްޓުމަކީ ދަށުދަރަޖައިގެ ފިޑި އަމަލެއް ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އުތުރު ތިލަފަޅު ނުވަތަ ސިފަވަރު އެއްބަސްވުމާއި ގުޅިގެން ލީކްކޮށްލާފައިވާކަމަށް ބުނާ ލުޔުންތަކަކީ ސައްޚަ ލިޔުންތަކެއް ނޫންކަމަށްބުނެ ޑިފެންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނާއި ހަވާލާދެއްވާ ކުރެއްވި ޓްވީޓުގައެވެ. އުތުރުތިލަފަޅު އެއްބަސްވުމުގައި ސޮއިކުރެއްވީވެސް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ އެ އެއްބަސްވުމުގެ ހަގީގަތް އޮޅުވާލައި، ސިފައިންގެ އިސްވެރިންނާއި ހަވާލާދީ ހަގީގަތާއި ޚިލާފް ވާހަކަފެތުރުމަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށެވެ.

ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާއި ހަވާލާދީ ކަމަށްބުނެ ހަގީގަތައި ޚިލާފް ދޮގު ޚަބަރު ފެތުރުމަކީ ބައިލަގަނެވޭނެ ކަމެއްނޫން. ސިޔާސީ މަޤްސަދެއް ޚާސިލް ކުރުމަށް ދިވެހި ސިފައިންގެ އަގުވައްޓާލަން މަސައްކަތް ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ފިޑި އަމަލެއް.

– މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މި މައްސަލާގައި މިއަދު ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއް ކަމަށެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ޑިފެންސް މިނިސްޓްރީން ވަނީ ޔަގީންކޮށްދީފައެވެ.

ލީކު ކޮށްލާފައިވާ އުތުރު ތިލަފަޅު އެއްބަސްވުމުގައި ވަނީ އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި 60 އަހަރު ތިބެވޭނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ.

އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތެއް
ސިފައިންނާ ޕޮލިހުންގެ އަގެއްނެތީ ތިޔަބައި މީހުންގެ ކުރިމަތީގައި . އެހެންވީމަތާ ހޮޑައިދޫ ރައްޔިތަކުނޫނީ މަންދޫބަކަށް ލާންބޭނުންނުވީ . ކަލޭމެން ބޭނުންވަނީ ރާއްޖެއަޅުވެތިކޮށްގެންވެސް މިތާލާދީނިއްޔަތު ފަތުރާ މިތަނުގައި ބަރުލަމާނީ ނިޒާމުގާއިމުކޮށް ތާއަބަދު ރައްޔިތުން އަޅުވެތިކަމުގައި ބައިތިއްބައިގެން ވެރިކަންކުރަން .
4 4 މީ
Thikahala vaahaka eh bunan emme rangalu meeha thi ee
ޔ ޔނ
ތެދެއް ތީ
ކ ކޮކަޑި
ތިމާމެން ވެރިކަން ނުލިބިގެން ތެޅިބޭލިއިރު އެންމެބޮޑަށް މިމީހުން ސިފައިންނާއި ފުލުހުންގެ އަގުވައްޓާލީ. އަދިވެސް މިހާރުވެސް ހުރިހާ ބާރެއް މުށަށްލައިގެން ތިބެވެސް ކަލޭމެނަށް ކުރެވޭކަމަކީ ފުލުހުންނާއި ސިފައިންގެ އަގުވެއްޓުން. ކަލޭމެން ހޭވިހަޑި ހަނދާންނެތުނީ؟ މިހާރުވެސް އެއުޅޭ ލާދީނީ ބެއަށް ނުހުރެވޭ ފުލުހުންނާއި ސިފައިންނާއި ނުބެހިއެއް.