ޤައުމީ އިނާމަށް ބުރާސްފަތި ދުވަހު ހުޅުވާލަނީ

ޤައުމީ އިނާމަށް ބުރާސްފަތި ދުވަހު ހުޅުވާލަނީ

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 01:17
0

މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މިމަހުގެ 18 ވާ ބުރާސްފަތި ދުވަހު ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވައިލާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އިނާމަށް އެދި ފޯމު ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ، އެ ދުވަހުން ފެށިގެން މޭމަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުއްވައިލައްވާނީ، މައިގަނޑު 33 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާފުޅުވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. ޤައުމީ އިނާމު ދެއްވާނީ، މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ އިޙްތިފާލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
ގައުމީ އިނާމް މާރިޔާ އާއި އަންނި އަށް ދީ.ދެން ކެރަފާ އާއިލާގެ ގިނަ މީހުނަށް.