އުތުރުތިލަފަޅު އެއްބަސްވުމުމުގެ ހަގީގަތް ހާމަކުރަން ސަރުކާރަށް ޕްރެޝަރު، ސަރުކާރު ހިމޭނުން!

އުތުރުތިލަފަޅު އެއްބަސްވުމުމުގެ ހަގީގަތް ހާމަކުރަން ސަރުކާރަށް ޕްރެޝަރު، ސަރުކާރު ހިމޭނުން!

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 12:51
0

އުތުރު ތިލަފަޅު ނުވަތަ ސިފަވަރު އެއްބަސްވުމާއި ގުޅިގެން އާންމުންގެ ތެރޭގައި ބޮޑެތި ކަންބޮޑުވުން ބޮޑުވެ. ސަރުކާރަށްދަނީ އެއްބަސްވުމުގެ ހަގީގަތް ހާމަކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން މިކަމުގައި އެއްވެސް އެއްޗެއް ވިދާޅުވެ އޮތީ ހިމޭނުންނެވެ. އުުތުރު ތިލަފަޅު އެއްބަސްވުން އާންމުވެފައިވާއިރު، ލީކުވެފައިވާ އެއްބަސްވުމަކީ ހަގީގަތާއި ޚިލާފް އެއްބަސްވުމެއްކަމެއް މިހާތަނަށް ސަރުކާރުންވެސް އަދި ކަމާއި ގުޅުންހުރި އިދާރާތަކުންވެސް ހާމަކޮށްފައި ނުވެއެވެ.

އެއްބަސްވުމާއި ގުޅިގެން މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައިވެސް މަޖިލީހުގައި ހިމެނޭ މެމްބަރުން ދަނީ މި އެއްބަސްވުމުގެ ހަގީގަތް ހާމަކޮށް ދިނުމަށް ސަރުކާރަށް ގޮވާލަމުންނެވެ. މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންވަނީ ދިވެހި ޤައުމު ވިއްކާލާއި، މިޤައުމު އަޅުވެެތި ކުރުމަށް ބޭރުގެ އެއްވެސް ޤައުމެއްގެ އަތްދަށަށް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ. ސަރުކާރަށް ތާއީދު ކުރާ ބައެއް މެމްބަރުންވެސް ވަނީ މިއެއްބަސްވުމުގެ ހަގީގަތް ސަރުކާރުންހާމަކޮށް ދިނުމަށް ގޮވާލާފައެވެ. ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވީ މިއީ ހަގީގަތް އޮޅޭގޮތުން ޤައުމީ ސަލާމަތަށް ނުރައްކާވާގޮތަށް އާންމު ކޮށްފައިވާ އެއްބަސްވުމެއްކަމަށެވެ.

ލީކުވެފައިވާ އެއްބަސްވުމުގައި ހުރި ކަންކަމަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށްވެސް ނުރައްކާވާފަދަ، ނުރައްކާތެރި އެއްބަސްވުމަކަށްވާއިރު އެއްބަސްވުމުގެ ކަންބޮޑުވުން ދީނީ އިލްމުވެރިންނާއި، ސިޔާސީ ބޭފުޅުންނާއި، އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުދަނީ ފާޅު ކުރަމުންނެވެ. ރާއްޖޭގެ ހުރިހާ މީޑިޔާތަކެއްގައިވެސް އުތުރުތިލަފަޅު އެއްބަސްވުމުގެ ވާހަތަކާއި، އެއްބަސްވުުގެ ތަފްސީލްތައް ބައިބަޔަށް ވަކިވަކިން ގެނެސްދެމުންދާއިރުވެސް ސަރުކާރުން އޮތީ ކަހާތަން ހިރުވާވެސް ނުލައެވެ.

އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރާއި ސަރވިސް ޑޮކްޔާޑެއް ތަރައްޤީކުރަން ސޮއިކޮށްފި

އުތުރު ތިލަފަޅު އެއްބަސްވުން ލީކްކޮށްލާފައިވަނީ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރެވެ. އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއެކު ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލަށް ބަލާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާނެކަމަށް ވަނީ ބެލެވިިފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއިއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

އެ އެއްބަސްވުމުގައި ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.

އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު”އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Bulbul
Sarukaaru isthiufa. Hamain nahtaa soru isthiufa
H Hum
Indiyaa ah dhivehigaumu vihkaalaifi minubai nulafaasarukaarun .