އިދިކޮޅު ފަރާތްތަކުގެ އަމަލުތަކާހެދި ސިއްހީ ހިދުމަތްތެރިން ވަރުބަލިވެއްޖެ

އިދިކޮޅު ފަރާތްތަކުގެ އަމަލުތަކާހެދި ސިއްހީ ހިދުމަތްތެރިން ވަރުބަލިވެއްޖެ

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 12:08
0

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން އިހުތިރާމްނުކޮށް، މާލޭގެ މަގުތަކުގައި ކުރަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ސިއްހީ ހިދުމަތްތެރި ވަރުބަލި ވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަންދޫ ދާއިރާގެ މެމްމަބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް މިއަދު ހުށަހެޅުނު ކެފޭ ރެސްޓޯރެންޓުތައް ބަންދުކޮށް އާންމު ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން ހުށަހެޅުނު ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ އެޗްޕީއޭއިން ގައިޑްލައިން ހަދަމުންދަނީ މުޅި ރައްޔިތުންގެ ސަލާމަތަށް ވިސްނުމަށް ފަހުގައިކަމަށެވެ. އަދި އެ ނިންމުންތަކަށް އިހުތިރާމް ކުރުމަކީވެސް ހުރިހާ ރައްޔިތުންގެވެސް ޒިންމާއެއްކަމަށެވެ.

ޝިފާއު ވިދާޅުވީ މާލޭގެ މަގުތަކުގައި އިދިކޮޅު ފަރާތްތަކުން ހުއްޓުމެއްނެތި މުޒާހަރާ ކުރަމުންދާއިރު މާލެ ސަރަހައްދުގައި ބަލީގެ ނުރައްކާ ބޮޑުވެ ސިއްހީ ހިދުމަތްތެރިންނަށް ގެއަށްވެސް ނުދެވި އާއިލާއާއިވެސް ބައްދަލުނުވެ އެތައް ދުވަހެއް ހޭދަކުރަންޖެހޭކަމަށެވެ. އަދި މިކަމުގެ ސަބަބުން މިއަދު ސިއްހީ ހީދުމަތްތެރިން ވަރުބަލިވެފަިއވާކަމަށް ޝިފާއު ވިދާޅުވިއެވެ.

ސަޢީދު ހުށަހެޅުއްވި ކުއްލިމައްސަލާާގައި ބުނެފައި ވަނީ، އެޗްޕީއޭގެ ގައިޑްލައިން ތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި މާލޭގައި ވިޔަފާރި ކުރާ ގިނަ ފަރާތްތަކެއް ގޮތް ހުސްވެފައިވާ ކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތަކުގެ އިތުރުން ޓެކްސީ ޕިކަޕް ފަދަ އެއްގަމު އުޅަނދުގެ ހިދުމަތް ދޭ ފަރާތްތަކާއި، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކާއި، ލޮޖިސްޓިކްސްގެ ވިޔަފާރިތައް ކުރަމުން އަންނަ ފަރާތްތަކާއި މަޖޫރީންނާއި އެކިއެކި ހިދުމަތްތަކާ ގުޅިފައިވާ ވިޔަފާރިތައް ހީނަރުވެ ނެތެމުންދާ ކަމަށް ވެސް ސައީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ވިދާޅުވެފައެވެ.

މައްސަލަ ހުށަހެޅުމަށް ފަހު ސަޢީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވުމުގެ އިތުރުން އެތައް ދިވެހިންގެ ވަޒީފާ ގެއްލި އިގްތިސާދަށް ނުރައްކާވަމުން އަންނާތީ ސަރުކާރުން އެ މައްސަލާގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެދޭ ކަމަށެވެ.

މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ހާލަތު ވަރަށްބޮޑަށް ގޯސްވެފައިވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކެފޭ، ހޮޓާ، ރެސްޓޯރަންޓް ތަކުން ރޭގަނޑު 20:00ގެ ފަހުން ކެއިންބުއިމުގެ ޚިދުމަތްދިނުން މަނާކޮށްފައިވާ ތާރީހު ހަމަވުމާގުޅިގެން، އެފިޔަވަޅުގެ މުއްދަތު އަނެއްކާވެސް ވަނީ އިތުރު 7 ދުވަހަށް އިތުރުކޮށްފައެވެ. އަދި ޑެލިވަރީގެ ހިދުމަތް ރޭގަނޑު 10:30 އާއި ހަމައަށް ދެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭގެ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ވާ ގެއްލުމުގެ ކަންބޮޑުވުން ގިނަ ވިޔަފާރިވެރިން ގެންދަނީ ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

S Sihhee dhaairaa
Idhikolhu koalisanaa huregen thoa sihhee dhaairaage ithubaaru gellunee ventileytaru thah vgah negee ves?
ޝ ޝާން
ކޮންމެ ޕާޓީއެއްގެ ކޮންމެ މީހަކަށްވެސް ހީވަނީ ސިޔާސީ ޕާޓީތަކުން ގޮވާލާ ކޮންމެ ގޮވާލުަކީވެސް ހަމަ އެންމެ ފައިދާހުރި މޮޅުގޮތޭ. ސިޔާސީގޮތުން ކާމިޔާބީއެއް ހޯދަން ހިތަށް އަރައިފިއްޔާ އެމީހުންގެ ހިތުގައި އެހެންމީހުންނާ މެދު ރަހުމެެއްވެސް ނެއްފަދަ. މި ކިހާބޮޑު ފިތުނަވެރިކަމެއް. ހަމަ ހަޤީީގަތުގައިވެސް ކޮވިޑްފަދަ ނުރައްކާތެރި ކަމެއްގެ ތެރޭގައި އާއިލާއާއި. ދުރުގާ އުޅެންޖެހޭ ފަރާތްތައް އެ ހޭދަކުރަނީ ހާދަ އުނދަގޫ ދުވަސްތަކެކޭ. ޤައުމާއި ޤައުމުގެ ރައްޔިތުން ހަލާކުވަނީވެސް ސިޔާސީ މީހުންގެ އަމަލުތަކުގެ ސަބަބުން. ހެޔޮނުވާނެ. ހަމައެކަނި ސިއްހީ ހިދުމަތްތެރިންނަށްޓަކައިވެސް މުޒާހަރާތަކަށް ނުނިކުމެ ގޭތަކުގައި ތިބެދީ.