ނ.އަތޮޅު ޅޮހިން މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް ލައިފިއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނަސީރު ވިދާޅުވީ މިއަދު ޕޮޒިޓިވްވި6 މީހުންނާއިއެކު މިހާތަނަށް ޖުމްލަ 13 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. މިހާތަނަށް ޕޮޒިޓިވްވި އެންމެންނަކީވެސް ކަރަންޓީންގައި ތިބެ ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންކަމަށެވެ.
ޅޮހިން ކޯވިޑް-19 އަށް ޓެސްޓްކުރި 39 މީހެއްގެ ނަތީޖާ އަދި ނުލިބެއެވެ. މިހާތަނަށް ޓެސްޓް ކުރި މީހުންގެ ތެރެއިން 58 މީހެއްގެ ނަތީޖާ ވަނީ ނެގެޓިވެ ވެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައިވެސް ހާލަތުވެ ގޯސްވެ މޮނިޓަރިންއަށް ލާފައިވައިވެއެވެ. މިހާރުވެސް ދެ ރަށެއް މޮނިޓަރިންގައި ވެއެވެ.
ކޮމެންޓު ފޮނުވާ