ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކޮށް ކ.އަތޮޅާއި، ވ.އަތޮޅާއި ދެމެދު ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވިދާޅުވީ މި ސަރަޙައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ މެންދުރު 22:15 އިން ފެށިގެން ހަވީރު 00:15 އާ ހަމައަށްކަމަށެވެ. އަދި އެސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓްވެސް ނެރެފައެވެ. މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
Alert Yellow for moderate thunderstorms. pic.twitter.com/82Qoh3CYh9
— Maldives Meteorology (@MetMaldives) March 14, 2021
އިރުއުތުރާއި އިރުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ، ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ