ފުލުހުންގެ ބޯޑަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރަކަށް ކޮމިޓީން ރުހުން ދީފައިވާ ހާމިދު ޢަބްދުލްޣަފޫރަށް މަޖިލީހުން މާދަމާ ރުހުން ދޭން އެޖެންޑާކޮށްފިއެވެ.
މާދަމާގެ މަޖިލީހުގެ ޖަލްސާގައި ހާމިދަށް ރުހުން ދިނުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ. ކޮމިޓީން ވަނީ ހާމަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ. ކޮމިޓީޏް ހާމިދަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ކޮމިޓީގައި އޭރު ވަޑައިގެން ތިއްބެވި މެމްބަރުންގެ ވޯޓު ހަމަނުވުމުން، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ވޯޓު، އޮންލައިންކޮށް ނަގައިގެންނެވެ.
ފުލުހުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލުމުން ފަސް ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
1- ލަބީގު މުޙައްމަދު މާހިރު/ މ.މަނަދޫ ވިއު
2- ޒުބައިރު އަޙްމަދު މަނިކު/ ގ.މަލްވިނަ
3- ޒީނަތު ޢަލީ/ ދަފްތަރު 2616
4- ޢަލީ މުޙައްމަދު މަނިކު/ ދަފްތަރު 1851
5- ޙާމިދު ޢަބްދުލް ޣަފޫރު/ ހ.ޝޭޑީ ކޯނަރ
ފުލުހުންގެ ބޯޑަށް އައްޔަންކުރުމަށް ފާސްކުރި ހާމިދަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް ހދ.ހޮނޑައިދޫން ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ފުލުހުންނަށް ކުޑަކަމުދާ ތަކެތި ނުދިނުމަށް އޭނާ ވަީ ދެކޮޅު ހައްދަވާފައެވެ.
މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައިވަނީ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައެވެ. އެ ޤާނޫނުގައި ވަނީ، ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެކަމަށެވެ.
“ޕޮލިސް ބޯޑު”ގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.
ކޮމެންޓު ފޮނުވާ