40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ވައިޓްއެލާޓް ނެރެފި

40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ވައިޓްއެލާޓް ނެރެފި

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2021 04:02
0

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިައެވެ.

އެލާޓް ނެފައިވަނީ ޅ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމަށެވެ. އެ އިދާރާއިން ވިދާޅުވީ އެލާޓް ނެރުނު ސަރަހައްދުގައި 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ.

ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް މަޑު ވާނެ އަދި އެހެން ހިސާބުގައި އާދައިގެވަރަކަށް ގަދަ ވާނެކަމަށާއި، ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ރާޅުގެ އުސްމިނުގައި 3 – 5 ފޫޓު ހުންނާނެކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަސް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.