އާންމުން ބޭސްފަރުވާއަށް އެދެނީ ދައުލަތުން ބޭސްފަރުވާ ނުދީގެނެއްނޫން: ސަމީރު

އާންމުން ބޭސްފަރުވާއަށް އެދެނީ ދައުލަތުން ބޭސްފަރުވާ ނުދީގެނެއްނޫން: ސަމީރު

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2021 02:20
0

އާންމު ރައްޔިތުންގެ ބޭސްފަރުވާއަށް އެދެމުންދަނީ ދައުލަތުން ބޭސްފަރުވާ ފޯރުކޮށް ނުދީގެންކަމަށް ގަބޫލު ނުކުރައްވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ތަފާތު އެކި ބަލިތަކާއި ގުޅިގެންނާއި، ދިމާވާ އެކި ހާލަތްތަކުގައި ބޭސްފަރުވާއަށް ސަރުކާރުގައި އެދެމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަމީރު ވިދާޅުވީ ސަރުކާރުން ބޭސްފަރުވާއަށް ބޭނުންވާ ފަރުވާ ދެމުންދާކަމަށެވެ. އެއްވެސް ރައްޔިތަކު ބޭސްފަރުވާ ނުލިބި އުޅެން ނުޖެހޭކަމަށް ސަމީރު ވިދާޅުވިއެވެ. އަދި އާންމު ރައްޔިތުން ބޭސްފަރުވާއަށް އެދެމުންދަނީ ދައުލަތުން ބޭސްފަރުވާ ނުދީގެން ނޫންކަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ.

ބޭސްފަރުވާ އަށް ބޭނުންވެފައިވާ ފަރާތްތަކަށް ދައުލަތުގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުން. އާސަންދަ، އެންސްޕަރ އަދި ޒަކާތުފަންޑުން ގިނަގުނަ އެހީތެރިކަން ދަނީ ފޯރުކޮށްދެމުން. އާންމު ފަރުދުންގެ އެހީތެރިކަމަށް އެދެނީ ދައުލަތުން އެކަން ނުކޮށްދީގެން ކަމަށް ބެލުމުގެ ޖާގައެއް ނެތް.

– ސަމީރު ވިދާޅުވިއެވެ.

ސަމީރު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ސީލިން ދަށުވެ ފައި ބުރުކޮށްލަން ޖެހުނު ގދ.ގައްދޫ ފިރުޝާން ފައެއް ޖެހުމަށް ހިނގާނެ ޚަރަދު އެންސްޕާ މެދުވެރިކޮށް އާސަންދައިން ކަވަރު ކުރާނެކަމަށް އެންސްޕާއިން ބުނުމުންނެވެ.

ފިރުޝާން ފައެއް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ކަމާއި ބެހޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބޭކަމަށް މީޑިޔާ މެދުވެރިކޮށް އާއިލާއިން ބުނެފައިވާ ޚަބަރުތަކާއި ހަވާލާދީ އެންސްޕާއިން ބުނެފައިވަނީ ފިރުޝާންއަށް މި ހިތާމަވެރި ޙާދިސާ ދިމާވުމުން އިމަރޖަންސީ ޙާލަތުގަ އާސަންދައިން ވަނީ ޗާރޓަރު ފްލައިޓެއްގަ ފިރުޝާން މާލެގެނެސް އާސަންދައާއި އެންސްޕާ ގުޅިގެން އައިޖީއެމްއެޗް އަދި އޭޑީކޭއިން ފިރުޝާންގެ ފަރުވާގެ ޚަރަދުތައް ހަމައްޖައްސާފައިވާކަމަށެވެ.

އަދި ޑިސްޗާރޖް ކުރިފަހުން ޕްރޮސްތެޓިކް ފައެއް ޖެހުމަށް ފިރުޝާންގެ އާއިލާގެ ފަރާތުން އަދި އެންސްޕާއަށް އެހީއަށް އެދިފައެއް ނުވާކަމަށެވެ. އެންސްޕާއަށް އެހީއަށް އެޕްލައިކުރުމުން އާސަންދަ މެދުވެރިކޮށް މި ޚަރަދުތައްވެސް ކަވަރުކުރާނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ގދ. ގައްދޫން ފުރައިިގެން އެކުވެރިންނާއެކު މަޖާކޮށް ޕިިކްނިކް ހަދާލުމަށް އުމުރުން 17 އަހަރުގެ ފިރުޝާން ދިޔައީ ކުރިއަށް ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމުގެ ކުޑަވެސް ވިސްނުމެއް ނެތިއެވެ. އުންމީދަކަށް އޮތީ ރަހުމަތެރިންނާއި އެކު މަޖާކޮށްލުމަށް ފަހު އެނބުރި ރަށަށް ދިއުމެވެ. ނަމަވެސް މި ދަތުރުވީ ފިރުޝާންގެ ޒުވާން ދިރިއުޅުމަށް ބަނަކަމާއި، މޮޅިވަރިކަން ގެނުވި ހިތާމައިން ފުރިގެން ދިޔަ ދަތުރަކަށެވެ. ރަށަކަށް ދަތުރު ގޮސް އުޅުމުގެ ތެރޭގައި ބާ ގެއެއްްގެ ސީލިންގު ދަށުގައި ފިރުޝާންގެެ ހަށިގަނޑު ޗަސްވެ ފަޔަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

4 4 މީ
Hama nudheegen