ލަންކާގައި މުސްލިމުންނާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ސަރުކާރުން ފާޅުގައި ކުށްވެރި ކުރަންޖެހޭ

ލަންކާގައި މުސްލިމުންނާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ސަރުކާރުން ފާޅުގައި ކުށްވެރި ކުރަންޖެހޭ

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2021 12:32
0

ލަންކާގެ އަވައްޓެރި މުސްލިމް ޤައުމަކަށް ވެހުރެ، މުސްލިމުންނާ ދެކޮޅަށް އަޅާ ހަރުކަށި ފިޔަވަޅުތަކަށް ދިވެހި ސަރުކާރުން ފާޅުގައި ކުށްވެރިކުރަން ޖެހޭ ކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ބުރުގާ އެޅުން މަނާކޮށް، 1،000 އަށްވުރެ ގިނަ މުސްލިމް ސްކޫލްތައް ބަންދުކުރުމަށް ލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. ލަންކާގައި މުސްލިނުނނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާއިރު އަދި ރާއްޖޭގެ ބޮޑު އާބާދީއެއް ލަންކާގައި ދިރިއުޅޭއިރުވެސް ދިވެހި ސަރުކާރުން މިކަމުގައި ބަހެއް ނުބުނެ ތިބުމަކީ ހިތާމަހުރި ކަމެއްކަމަށް ދުންޔާ ވިދާޅުވިއެވެ.

ލަންކާގެ މުސްލިމުންނާއި ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް މިއީ ވަރަށް އަނދިރި ދުވަހެއް. އަދި ލަންކާގެ އަވައްޓެރި މުސްލިމް ޤައުމަކަށް ވެހުރެ، މުސްލިމުންނާ ދެކޮޅަށް މިނަގާ ހަރުކަށި ފިޔަވަޅުތައް ވަރަށް ފާޅުގައި ކުއްވެރި ކުރަންޖެހޭ!

– ދުންޔާ ވިދާޅުވިއެވެ.

ކުރިސްޓިއަނުން ފާހަގަކުރާ އީސްޓަރ ބަންދުގައި، 2019 ވަނަ އަހަރު ސްރީލްނަކާގެ ކުރިސްޓިއަނުންގެ ފައްޅިތަކުގައި ބޮން ގޮއްވާލާ 250 މީހުން މަރުވެދިޔަ ހަމަލާތަކަށްފަހު، ކުޑަ ދުވަސްކޮޅަކަށް އޭރުވެސް ސްރީލަންކާގައި ބުރުގާ އެޅުން މަނާކޮށްފައި ވެއެވެ.

އޭރުވެސް ސްރީލަންކާ ސަރުކާރުގެ މިނިންމުމުގެ ސަބަބުން އެގައުމަށް އެތަކެއް ފާޑު ކިއުންތަކެއް އަމާޒުވެގެން ދިޔައެވެ. ގިނަ ބަޔަކު ފާހަގަ ކޮށްފައިވަނީ، މިއީ ސްރީލަންކާގެ މުސްލިމުންގެ ހައްގުތަކަށް އަރައިގަނެ، މިނިވަންކަމާއެކީ ދީނަށް އުޅުން މަނާކުރުމަށް އެގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކެއްގެ ގޮތުގަވެ.

އަދި ހަމަ އެހަރު، ސްރީލަންކާގ އުތުރުގައި ހިގަމުންދިޔަ ޒަމާންވީ އަހުލީ ހަގުރާމައަށް ނިމުން ގެނުވިއިރު، އެގައުމުގެ ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ގޮޓަބަޔަ ރާޖަޕަކްސާ ސްރީލަންކާގެ ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތީވެސް، ދީނީގޮތުން ހައްދު ފަހަނައަޅައިދިއުން ހުއްޓުމަކަށް ގެންނާނެ ކަމުގެ ވައުދުތަކާ އެކީއެވެ.

ގޮޓަބަޔަ ރާޖަޕަކްސާގެ ޑިފެންސް މިނިސްޓަރު ކަމުގައި، ސްރީލަންކާގެ އަހުލީ ހަގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވުނު ހަގުރާމާގައި އިންސާނިއްޔަތާ ޚިލާފު އެތަކެއް ޖަރީމާތަކެއް ހިންގިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައި ވެއެވެ. އެހެންނަވެސް ގޮޓަބަޔަ ވަނީ މިތުހުމަތުތަކަށް ދެކޮޅު ހައްދަވާފައެވެ. ސްރީލަންކާގެ މިނިސްޓަރ ފޯރ ޕަބްލިކް ސެކިއުރިޓީ، ސަރަތު ވީރަސެކެރާ ވިދާޅި ގޮތުގައި، އެގައުމުގެ ގައުމީ ތައުލީމީ ސިޔާސަތުތަކާ ފުށުއަރާގޮތަށް ހިންގަމުންދާ 1،000 އަށްވުރެ ގިނަ އިސްލާމިކް ސްކޫލުތައްވެސް ބަންދު އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް ބައިނަލް އަގުވާމީގޮތުންވެސް އަމާޒުވެގެންދިޔަ އެތަކެއް ފާޑުކިއުންތަކާއެކު، ދާދިފަހުން ސްރީލަންކާގެ ސަރުކާރުން ވަނީ، ކޯވިޑް19ގައި މަރުވާ މުސްލިމުންގެ ހަށިތައް އެގައުމުގައި ވަޅުލުމުގެ ހުއްދަ ދޭނެކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.