ޤާނޫނުއަސާސީއޭ ކިޔައިގެން ހިންދީ ފިލްމު ކުޅުން ހުއްޓާލަންވެއްޖެ

ޤާނޫނުއަސާސީއޭ ކިޔައިގެން ހިންދީ ފިލްމު ކުޅުން ހުއްޓާލަންވެއްޖެ

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2021 11:34
0

ޤާނޫނު އަސާސީއާއި، ޚިލާފަަށް އެތައްކަމެއް އަމަލެއް ހިންގައި ޤާނޫނު އަސާސީއޭ ކިޔައިގެން ހިންދީ ފިލްމު ކުޅުން ހުއްޓާލަން ޖެހިފައިވާކަން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކޯޓުތަކުން މިހާރު ހަމަހަމަ ކަމާއިއެކު އިންސާފު ޤާއިމްކުރެވި، އަދުލުއިންސާފު ޤާއިމްކުރުމަށް އޮތް ހުރިހާ މަގެއް ހުޅުވިފައިވާކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތު ވިދާޅުވެ ދެއްކެވި ވާހަކަތަށް އިޝާރާތް ކުރައްވައި ޑރ.އަބްދުﷲ ދީދީ ވިދާޅުވީ ޤާނޫނު އަސާސީގައި ވަކިގޮތަކަށް ކަންކަން ބަޔާންކޮށްފައި ވަނިކޮށް ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ޚިލާފަށް ސިސްޓަމެޓިކްކޮށް އަމަލުކުރަމުންދާ ބަޔަކު އިތުރުވަހަކަ ދެއްކުމަކީ ވަރަށް ލަދުވެތި ކަމެއްކަމަށެވެ.

ޤާނޫޫނުއަސާސީ އާއި ޤާނޫނުއަސާސީން ޤާއިމުކޮށްފައިވާ ޕްރިންސިޕަލްތަކާ ޚިލާފަށް ސިސްޓަމެޓިކްކޮށް ޢަމަލުކުރަމުންދާ ބަޔަކު ޤާނޫނުއަސާސީއޭ ކިޔައިގެން ހިންދީ ފިލްމު ކުޅުން ހުއްޓާލަންވެއްޖެ.

– ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ އޭރުގެ ހާލަތު ހުރުގޮތުން މިއަދުވެސް ލަދުވެތިވާކަމަށެވެ. އޭރު ކޯޓުތަކުން ވަކީލުންނަށް ލިބިދޭންޖެހޭ އެތަކެއް ހައްގެއް ނިގުޅައިގެން ޝަރުއީ ނިޒާމުގެ މަފްހޫމުތަކާއި، ޚިލާފަށް ހިންގަމުންދިޔަ ހުރިހާ ކަމެއް މިއަދު ބަދަލުކުރެވި ހައްގުތައް އަލުން އިޔާދަކޮށްދެވިފައިވާކަމަށެވެ. އަދި މިއަދު ކޯޓުތަކުން މިނިވަންކަމާއި، ހާމަކަން ބޮޑު ކަމާއިއެކު ޝަރީއަތް ކުރުމުގެ ފުރުސަތުލިބި ހަމަހަމަ ކަމާއިއެކު އިންސާފު ގާއިމްކުރުމުގެ ފުރުސަތު ތަނަވަސް ވެފައިވާކަމަށެވެ. އަދި މިއަދު ކުރިން ގެއްލުނު އިތުބާާއި ޔަގީންކަން ލިބިގެންދިއުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ އެންމެބޮޑު ހިތްހަމަޖެހުންކަމަށް އޭޖީ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ޝަރީއަތަށް އޭރު އެމަނިކުފާނުގެ ވަކީލުންނަށް އެކަށީގެންވާ ފުރުސަތު ނުލިބުމާއި، ރައްކާތެރިކަމުގެ މާހައުލެއް މެތުމުގެ ސަބަބުން ވަނީ އެމަނިކުފާނަށް ވަކާލާތު ކޮށްދެވެން ނެތްކަމަށް ބުނެ ހުރިހާ ވަކީލުން އެއްފަހަރާ އެމައްސަލައިން އެކަހެރިވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.