މުމްބާއީއާއި މާފަރާއި ދެމެދު މޯލްޑިވިއަން އިން ދަތުރުތައް ފަށަނީ

މުމްބާއީއާއި މާފަރާއި ދެމެދު މޯލްޑިވިއަން އިން ދަތުރުތައް ފަށަނީ

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2021 10:56
0

ނ.އަތޮޅު މާފަރާއި، އިންޑިއާގެ މުމްބާއީއާއި ދެމެދު ދަތުރުތައް ފަށަން މޯލްޑިވިއަން އިން ނިންމައިފިއެވެ.

މޯލްޑިވިއަންއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު މިހާދާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނިފާ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މުމްބާއިން މާފަރަށް ފަށާ ދަތުރުތަކުގެ ފުރަތަމަ ފުލައިޓު މާފަރަށް ޖައްސަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. މިބައްދަލުވުމުގައި މޯލްޑވިއަންއިން ވަނީ އެކުންފުނީގެ އެތެރޭގެ އުދުހުންތައްވެސް އިތުރަށް ފުޅާކުރުމަށް ކުރަމުްދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވާފައެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ މާފަރާއި، އިންޑިއާގެ މުމްބާއީއާއި ދެމެދު ހަފްތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކުރިއަށްގެންދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން "ރަށްވެހި ފަތިސް" ގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވަނީ މާފަރު އެއަޕޯޓު ބޮޑުކުރުމުގެ ބޮޑު މަޝްރޫޢު ވަރަށް އަވަހަށް ފަށާނެކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާފަރު އެއަރޕޯޓަކީ އުތުރު ސަރަޙައްދަށް މުހިއްމު އެއަރޕޯޓެއްކަމަށާއި، އެތަނަށް ދަތުރުކުރާ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ފްލައިޓްތަކުގެ ޢަދަދަށްބަލާލުމުން އެއީ އިތުރަށް ތަރައްޤީކޮށް ބޮޑުކުރުން މުހިއްމެ އެއަރޕޯޓެއްކަން ހާމަވެގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން 2019 ވަނަ އަހަރު ޑޮމެސްޓިކް 120 ފްލައިޓާ، އިންޓަރނޭޝަނަލް 8 ފްލައިޓް މާފަރުގައި ޖައްސާފައިވާއިރު، ނިމިދިޔަ 2020 ވަނަ އަހަރު ޑޮމެސްޓިކް 620 ފްލައިޓާއި، 229 އިންޓަރނޭޝަނަލް ފްލައިޓް ޖައްސާފައިވާކަމަށާއި، މިއަހަރުގެ މިވީ 2 މަސްދުވަހުގެ ތެރޭގައި 178 ޖެޓާއެކު ޑޮމެސްޓިކަށްވުރިގިނަ އިންޓަރނޭޝަނަލް ފްލައިޓް މާފަރު އެއެއަރޕޯޓްގައި ޖައްސާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 3600 މީޓަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.