ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ކޮރަޕްޝަނާއި ދުރުވެ އަދުލުވެރިކަމާއިއެކު މަސައްކަތް ކުރުމަށް އަދާލާތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.
އަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން ސަރުކާރުގައި ތިބެ ކުރާ ޚިދުމަތަކީ އަދުލުވެތި ރައްޔިތުންނަށް ފައިދާހުރި ޚިދުމަތަކަށް ވާންޖެހޭކަމަށެވެ. ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ ބޭފުޅުންނަކީ ކޮރަޕްޝަނާއި ފަސާދަިއގެ އަމަލުތަކުން ދުރުވެ އަދުލުވެރިކަމާއިއެކު ޚިދުމަތްދޭ ބަޔަކަށް ވުމަށް އިމްރާން ވަނީ ގޮވާލާފައެވެ.
ސަރުކާރާއިއެކު މަސައްކަތް ކުރުމުން، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ޒިންމާ ބޮޑުކަން އިހުސާސްކުރެވޭ. އަދާލު ތާޕާޓީން ކޮރަޕްޝަނާއި، ފަސާދައިއން ދުރުވެ ތިބެ މަސައްކަތް ކުރުމަށް ގޮވާން.
– އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އަދާތު ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ އިސްލާމީ ވަހުދަތު ގާއިމްކޮށް، ރައްޔިތުންގެ މެދުގައި އަދުލުވެރިމަގުން ކަންކަން ކުރެވޭނެ މަގުފަހިކޮށް ދިނުމަށްކަމަށެވެ. އަދާލަތުން ކޮންމެ ސަރުކާރަކާއިއެކުގައި މަސައްކަތް ކުރި ނަމަވެސް ކުރާނީ ހައްގުގެ މަގުގައި ސާބިތުވެ ތިބެކަމަށެވެ. އަދި އެސަރުކާރަކުން ރައްޔިތުންނާއި ދެކޮޅަށް މަސައްކަތްކޮށް، ދީނާއި ޚިލާފްކަންކަން ކުރާނަމަ އަދާލަތުން އެކަމަކަށް ބުނަންޖެހޭ ހައްގުބަސް ބުނެ އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް އިމްރާން ވިދާޅުވިއެވެ.
އަދާލަތު ޕާޓީ އަބަދުވެސް މަސައްކަތް ކުރަނީ ހައްގަށްޓަކައި، ހައްގު ޤާއިމް ކުރުމަށްޓަކައި، ދިވެހި ރާއްޖޭގައި އަދާލަތު ޕާޓީން ކުރެވޭ މަސައްކަތްތަކަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ވެގެންވާގޮތުގައި އިންސާފާއި ހަމަހަމަކަމުގެ ތެރެއިން ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް އަބަދުމެ ހައްގު ގޮތުގައި މަސައްކަތް ކުރުން. އަދާލަތު ޕާޓީން އެބަޔަކާއިއެކު މަސައްކަތް ކުރާނީވެސް އަދި ވަކިވެގެންދާނީވެސް ހައްގު މަގުގައި ތިބެކަން ކަށަވަރުމަކީ އަދާލަތު ޕާޓީން އަބަދުވެސް ހިފަހައްޓަންޖެހޭ ހަމަތަކާއި އަމާޒު.
– އިމްރާން ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގައިވަނީ މުހިންމު ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން 70 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޝްވަރާ މަޖިލީހެއް އެކުލަވާލުމާއި، ތިން ނާއިބް ރައީސުން އިންތިޚާބު ކުރުމާއި، އަންހެނުންގެ މަޖިލީހާއި، ޒުވާނުންގެ މަޖިލިސްވެސް ވަނީ އިންތިޚާބު ކޮށްފައެވެ.
އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހަށް ކޯވިޑް 19 ގާއި ގުޅިގެން ހާލަތާއި ގޮތަށް ވާޗުއަލްކޮށް ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ފުރަތަމަ ފަހަރަށް ބޭއްވި ޤައުމީ މަޖިލިސް ބޭއްވި ޕާޓީއެވެ.
ކޮމެންޓު ފޮނުވާ