މާލެ ސަރަހައްދުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތް ރޭގަނޑު 8 އިން ފެށިގެން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި އެންގުން އިތުރު ހަތް ދުވަހަށް ދަންމާލައިފިއެވެ.
މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ޙާލަތު ވަރަށްބޮޑަށް ގޯސްވެފައިވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރެއާއި ހަމައަށް ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ރޭގަނޑު 20:00ގެ ފަހުން ކެއިންބުއިމުގެ ޚިދުމަތްދިނުން މިވަނީ މަނާކުރައްވާފައިވާ ތާރޫހު ހަމަވުމުން އަނެއްކާވެސް ވަނީ އިތުރު7 ދުވަހަށް މުއްދަތު އިތުރުކޮށްފައެވެ. އަދި ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 10:30 އައި ހަމައަށް ދެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.
މާލެ ސަރަޙައްދުތަކުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ހަވީރު 06:00 އިން ހެނދުނު ހަޔަކަށް އިންޖީނުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ޑެލިވަރީގެ ޚިދުމަތްތަކަށް ބޭނުންކުރާ އުޅަނދުތަކަށް، އެޗްޕީއޭގެ ހުއްދަ ދަނީ ދޫކުރަމުންނެވެ.
މީގެއިތުރަށް މާލެ ސަރަޙައްދުގައި އޮފީސްތަކުން ޚިދުމަތްދޭ ގޮތްތަކަށްވެސް ބަދަލުގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސަރުކާރު އޮފީސްތަކާއި ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގައިވެސް، މިދުވަސްވަރު މުވައްޒަފުން އޮފީހަށް ނެރެންވާނީ މަސައްކަތަށް ނެރެގެން ނޫނީ ނުކުރެވޭކަހަލަ މަސައްކަތަކަށް އެކަނިކަމަށަ އެޗްޕީއޭއިންވަނީ އަންގަވާފައެވެ. އެގޮތުން ޢަމަލީ މައިދާނަށް ނިކުމެ މަސައްކަތްކުރަންޖެހޭ މުވައްޒަފުންނަށް އިސްކަންދީ، ގޭގައި އޮންލައިންކޮށް މަސައްކަތްކުރެވޭނެ މުވައްޒަފުން އެގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށްވަނީ އަންގަވާފައެވެ.
ކޮމެންޓު ފޮނުވާ