ކައުންސިލް އިންތިޚާބަށްފަހު އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް: ނާއިބް ރައީސް

ކައުންސިލް އިންތިޚާބަށްފަހު އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް: ނާއިބް ރައީސް

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2021 09:06
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށްފަހު އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް ކަމުގައި ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއިއެކު ބޭއްވި ހަވީރު ސައިފޮދަކަށްފަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ނާއިބް ރައީސް ހުންނެވީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއިއެކުގައި ކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓަށް ތާއީދުކޮށް ނާއިބް ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކައުންސިލް އިންތިޚާބަށްފަހު އަލި ވިލިގެންދާނީ އަދި މާއަލިގަދަ ފަތިހަކަށް ކަމުގައެވެ.

ރައީސް ނަޝީއާއި ބައްދަލުވެ ޚިޔާލު ބަދަލު ކުރެއްވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ލޯކަލް ކައުންސިލް ކެމްޕެއިން ޤައުމީ ވަންތައް އަދި ރައްކާތެރި ރޫހެއްގައި ގެންގޮސް، އިރާދަކުރެއްވިޔާ އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް.

– ނާއިބް ރައީސް ވިދާޅުވިއެވެ.

ނާއިބް ރައީސް ފައިސަލް ނަސީމްއާއިއެކު ބޭއްވި ހަވީރު ސައިފޮދަކަށްފަހު ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާމުގައި ނާއިބް ރައީސް އެމްޑީޕީއާއިއެކު ހުންނެވުމަކީ އެމަނިކުފާނު ދިވެހި ޤައުމާއިމެދު އޮތް ލޯބި ހާމަވާކަމެއްކަމަށެވެ. އަދި ނާއިބް ރައީސް ޤައުމަށް ހެޔޮއެދޭވަރު މިކަމުން ހާމަވެގެންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނާއިބް ރައީސް ފައިސަލް ނަސީމްއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައިވެސް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވައެވެ. ނަމަވެސް އެޕާޓީގެ ލީޑަރޝިޕުން ކެމްޕެއިންގެ ކަންކަމާއި އެއްވެސް ވަރަކަށް އުޅުއްވާތަނެއް ފެނިގެން ނުދެއެވެ.

ކައުންސިލް އިންތިޚާބު އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެމްޑީޕީއާއި، ޕީޕީއެމް ފިޔަވައި އެހެން ޕާޓީއަކުން އިންތިޚާބުގެ ކަންކަމުގައި އެހާބޮޑަށް އުޅުއްވާތަނެއް ނުފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahumadh ibrahim
Naibu Raees kamugai hurumuge edhun boduveemaa bunan jeheynee thigothah