ނާއިބް ރައީސް ހުންނެވީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއިއެކު: ނަޝީދު

ނާއިބް ރައީސް ހުންނެވީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއިއެކު: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2021 07:45
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ނާއިބް ރައީސް ފައިސަލް ނަސީމް ހުންނެވީ އެމްޑީޕީއާއި އެކުގައިކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނާއިބް ރައީސް ފައިސަލް ނަސީމްއާއިއެކު ބޭއްވި ހަވީރު ސައިފޮދަކަށްފަހު ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާމުގައި ނާއިބް ރައީސް އެމްޑީޕީއާއިއެކު ހުންނެވުމަކީ އެމަނިކުފާނު ދިވެހި ޤައުމާއިމެދު އޮތް ލޯބި ހާމަވާކަމެއްކަމަށެވެ. އަދި ނާއިބް ރައީސް ޤައުމަށް ހެޔޮއެދޭވަރު މިކަމުން ހާމަވެގެންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނާއިބް ރައީސް ފައިސަލް ނަސީމްއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައިވެސް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވައެވެ. ނަމަވެސް އެޕާޓީގެ ލީޑަރޝިޕުން ކެމްޕެއިންގެ ކަންކަމާއި އެއްވެސް ވަރަކަށް އުޅުއްވާތަނެއް ފެނިގެން ނުދެއެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ނާއިބް ރައީސްގެ ތާއީދު އެމްޑީޕީއާއި އެކު އޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، އަތޮޅުތެރޭގައި ސަރުކާރުން ހިންގަމުންދާ އެކި މަޝްރޫޢުތައް ފެއްޓުމުގައާއި، ނިންމުމަށްފަހު ހިންގާ އެކި ކެމްޕެއިން ހަރަކާތްތަކުގައިވެސްޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ވަޒީރުންދަނީ ބައިވެރިވަމުންނެވެ. ނަމަވެސް މިހާތަނަށް ޖުމްހޫރީ ޕާޓީންވެސް އަދި ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުންވެސް ރަސްމީކޮށް އެމްޑީޕީއާއި ކޯލިޝަނެއް ހަދައިގެން ކައުންސިލް ކެމްޕެއިންގައި ކުރިއަށްދާން ނިންމިކަމެއް ހާމަކޮށްފައި ނުވެއެވެ.

ކައުންސިލް އިންތިޚާބު އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެމްޑީޕީއާއި، ޕީޕީއެމް ފިޔަވައި އެހެން ޕާޓީއަކުން އިންތިޚާބުގެ ކަންކަމުގައި އެހާބޮޑަށް އުޅުއްވާތަނެއް ނުފެނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

d dhuvaa ru kaa
ehen noonee ithu baaru ne kamuge vote nagaa faa ne thee biru ganna nee imran ves hunnaa nee thi hotha