ސަރަހައްދީ ސުލްހަޔާއި، ކުރިއެރުމާއި، ތަރައްޤީގައި އިންޑިޔާގެ ދައުރު ބޮޑު 

ސަރަހައްދީ ސުލްހަޔާއި، ކުރިއެރުމާއި، ތަރައްޤީގައި އިންޑިޔާގެ ދައުރު ބޮޑު 

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2021 07:04
0

ސަރަހައްދުގެ ތަރައްގީއާއި ކުރިއެރުމާއި އަދި ސުލްހައާއި ރައްކާތެރިކަމުގެ އިތުރުން، ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި އިންޑިޔާގެ ދައުރު ބޮޑުކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ މުސްތަގުބަލުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަން އޮތް ތަރައްގީއަށް އަލިއަޅުވާލައި، ޑިމޮކްރެޓިކް ސުލްހައާއި ހަމަހަމަކަން ގާއިމުވުމުން މި ސަރަހައްދުގެ ގައުމުތަކަށް ލިބުނު ކުރިއެރުމާއި ތަރައްގީ ފާހަގަކޮށް ވާހަކަފުޅު ދައްކަވާފައެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ ސަރަހައްދުގެ ތަރައްގީއާއި ކުރިއެރުމާއި އަދި ސުލްހައާއި ރައްކާތެރިކަމުގެ އިތުރުން، ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި އިންޑިއާގެ މުހިއްމު ދައުރާއި އިންޑިއާގެ އިސްނެގުން ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޖިއޮގްރަފިކަލް ގޮތުން އޮންނަ ތަނުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގައި ދިވެހިރާއްޖެއަކީ އަގުނުކުރެވޭނެފަދަ ބައިވެރިއެއްކަމާއި ސަރަހައްދުގެ ހަމަޖެހުމަުގައި އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމަކީ މުހިއްމު ދައުރެއް އަދާކުރާކަމެއްކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މި އަހަރު ޗެންނާއީގައި ބޭއްވެނީ މިކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަންއެވެ. މިބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. މައިގަނޑު ގޮތެއްގައި މިބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާއި ގުޅޭގޮތުންނެވެ. މި ކޮންކްލޭވް އިންތިޒާމްކުރަނީ އިންޑިއާގެ މީޑިއާއެއްކަމަށްވާ އިންޑިއާ ޓުޑޭ އިންނެވެ.

މިބައްދަލުވުމުގައި "ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމޮން ވޯޓާރސް: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ނަމުގައި ބޭއްވި ސެޝަންގައި މިނިސްޓަރ ޝާހިދުގެ އިތުރުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވަރޗުއަލްކޮށް) އަދި އިންޑިއާ ފައުންޑޭޝަންގެ ބޯރޑް އޮފް ގަވަރނާސްގެ މެމްބަރު ރާމް މަދަވް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.