ލޯބިވެރިޔާ ކޯވިޑަށް ޕޮޒިޓިވްވުމުން އާލިއާ އުފަންދުވަސް ފާހަގަ ކުރުން ލަސްކޮށްލައިފި

ލޯބިވެރިޔާ ކޯވިޑަށް ޕޮޒިޓިވްވުމުން އާލިއާ އުފަންދުވަސް ފާހަގަ ކުރުން ލަސްކޮށްލައިފި

Author
ފާތިމަތު ނާވީ
12 މާރޗް 2021 07:22
0

ބޮލީވުޑްގެ ތަރި އާލިއާ ބަޓް ގެ އުފަންދުވަސް މާރިޗު 15 އެވެ. އާލިއާ އާއި ލޯބިވެރިއާ ރަންބީރު ކަޕޫރު އައީ މިއަހަރު އާލިއާގެ އުފަންދުވަސް އެކުގައި ފާހަގަ ކުރުމަށް ތައްޔާރުވަމުންނެވެ.

އެހެންނަމަވެސް ރަންބީރު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އާލިއާގެ އުފަންދުވަސް ފާހަގަ ކުރުން މި ވަނީ ފަސްކޮށްލާފައެވެ. މީގެ އިތުރުން ރަންބީރުގެ އަމިއްލަ ދިރިއުޅުމާއި ހުރިހާ މަސައްކަތްތަކެއްވެސް ވަނީ މަޑުޖެހިފައެވެ.

ރަންބީރު ޕޮޒިޓިވްފައިވަނީ އާލިއާ އާއެކު ފިލްމު "ބްރަހަމަސްތުރާ"ގެ ބައެއް މަަސައްކަތްތަކުގައި ވެސް ދާދިފަހުން އުޅެފައިވަނިކޮށެވެ. ރަންބީރު ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މި ފިލްމުގެ މަސައްކަތްތައްވެސް ވަކި މުއްދަތެއް ނެތްގޮތަށް ވަނީ މަޑުޖައްސާލާފަ އެވެ.

މި ފިލްމަކީ އަޔާން މުކަރްޖީގެ ޑައިރެކްޝަންގެ ދަށުން ކުރިއަށްދާ ފިލްމެކެވެ. މި ފިލްމުގައި ރަންބީރު އަދި އަލިއާގެ އިތުރުން އަމީތާބް ބައްޗަން، މޯނީ ރޯއީ އަދި ނާގަރްޖުނާވެސް ފެނިގެން ދާނެއެވެ.

އާލިއާ މިހާރުވަނީ ކޮވިޑުގެ ޓެސްޓު ހަދާފައެވެ. އަދި އެނާގެ ނަތީޖާ ވަނި ނެގެޓިވްވެފައެވެ. އެހެން ނަމަ ވެސް އެންމެންގެ ރައްކާތެރި ކަމަށްޓަކައި އާލިއާ ވަނީ އަމިއްލައަށް އައިސޮލޭޓްވެފައެވެ. އާލިއާއާއި އެކުގައި ފިލްމު "ގަންގޫބާއީ ކަތިއާވަޅީ" ގައި މަސައްކަތް ކުރާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީވެސް ވަނީ ކޮވިޑަށް ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.