ރަންބީރް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ރަންބީރް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
ޢަލީ އާދަމް
09 މާރޗް 2021 02:14
0

ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރް ކަޕޫރު ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ރަންބީރު ކޯވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށް އޭނާގެ މަންމަ ނީތޫ ކަޕޫރުވަނީ ޔަގީންކޮށްދީފަ އެވެ. ނީތޫގެ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައި ވަނީ ރަންބީރު ގޭގައި ކަރަންޓީން ވެ ފަރުވާ ފުރިހަމަކުރަމުން ގެންދާ ކަމަށާއި، ހާލު ރަނގަޅުކަމަށެވެ. އަދި ކޯވިޑަށް ޕޮޒިޓިވް ވުމުން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައިވާކަމަށްވެސް ނީތޫ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by neetu Kapoor. Fightingfyt (@neetu54)

ރަންބީރު ކޯވިޑަށް ޕޮޒިޓިވް ވުމާގުޅިގެން ގިނަ ބަޔަކު ގެންދަނީ އޭނާ އަވަސް ޝިފާއަކަށް އެދި މެސެޖްތަށް ފޮނުވަމުންނެވެ.

ރަންބީރުގެ މަންމަ ނީތޫ ވެސްވަނީ މިދިޔަ އަހަރު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ނީތޫ އަށް ކޯވިޑް ޖެހުނީ ފިލްމު "ޖުގް ޖުގް ޖީއޯ"ގެ ޝޫޓިންގ ގައި ޗަންދީގަރްގައި އުޅެނިކޮށެވެ.

ރަންބީރުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ބްރަހަމަސްތުރާ" ފާހަގަކޮށްލެވެއެވެ. އަދި "ޝަމްޝޭރާ" ވެސް ކުރިއަށް އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.