އެންމެ މަގްބޫލު ޔޮޓް މަންޒިލްތަކުގެ ތެރެއިން 2 ވަނާގައި ރާއްޖެ

އެންމެ މަގްބޫލު ޔޮޓް މަންޒިލްތަކުގެ ތެރެއިން 2 ވަނާގައި ރާއްޖެ

Author
ޢަލީ އާދަމް
09 މާރޗް 2021 01:42
0

ސުޕަޔޮޓް ޓައިމްސްއިން އެކުލަވާލާފައިވާ ދުނިޔޭގެ އެންމެ މަގްބޫލު ޔޮޓް މަންޒިލްތަކުގެ ލިސްޓްގެ ދެވަނާގައި ރާއްޖެ ހިމެނިއްޖެ އެވެ.

ސުޕަޔޮޓް ޓައިމްސްއިން މި ލިސްޓް އެކުލަވާލާފައި ވަނީ ކޯވިޑްގެ މި ބޮޑު ޕެންޑަމިކްގައި ދަތުރުކުރަން ފަސޭހަ އަދި ރައްކާތެރި، އަދި ހިތްފަސޭހަ ރީތި މަންޒިލްތަކުގެ މައްޗަށް ބިނާކޮށެވެ.

ދުނިޔޭގެ އެންމެ މަގްބޫލް 5 ޓްރޮޕިކަލް ޔޮޓިންގ ސްޕޮޓްގެ ތެރެއިން އެއް ވަނާގައި އޮތީ ކޮސްޓަރިކާ އެވެ. ދެ ވަނާގައި ރާއްޖެ، ތިން ވަނާގައި ސެއިންޓް ބަރޓްސް، ހަތަރުވަނާގައި މޮލްޓާ، އަދި ފަސް ވަނާގައި އޮތީ ކިއުބާއެވެ.

ރާއްޖެ ޒިޔާރަތްކުރި ސުޕަރ ޔޮޓެއް

މި ފަސް މަންޒިލްވެސް މި ލިސްޓްގައި ހިމެނުނު ސަބަބާއި އެ މަންޒިލްތަކުގެ ތެރެއިން ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު3 ތަނެއް ވެސް ވަނީ ސުޕަޔޮޓް ޓައިމްސްއިން ފާހަގަކޮށްފައެވެ. އޭގެ ތެރެއިން ރާއްޖެއިން ފާހަގަކޮށްފައި ވަނީ އުތީމާއި، ބާ އަތޮޅާއި، ޅަވިޔަނި އަތޮޅެވެ.

އުތީމު ފާހަގަކޮށްފައިވަނީ ރާއްޖޭގެ ތާރީީޚާއި ސަގާފަތާ ގުޅުންބޮޑު ރަށެއްގެ ގޮތުގަ އާއި ރީތި ދޮންވެލި ގޮނޑުދޮށެއް ހިމެނޭ ހިތްގައިމު ރަށެއްގެ ގޮތުގައެވެ.

ބާ އަތޮޅު ފާހަގަކޮށްފައި ވަނީ ރީތި ކުދި ރަށްތަކެއްގެ ގޮތުގަ އާއި ރީތި ގޮނޑުދޮށް ތަކެއް ހިމެނޭ އަދި އެކަހެރިކޮށް ޗުއްޓީ ހޭދަކޮށްލެވޭނެ ސަރަހައްދެއްގެ ގޮތުގައެވެ.

އަދި ޅަވިޔަނި އަތޮޅު ފާހަގަކޮށްފައި ވަނީ މަގްބޫލު ޑައިވިންގ ސަރަހައްދެއްގެ އިތުރުން އަތޮޅުގައި ހިމެނޭ ގިނަ ފަޅުރަށްތަކުގެ ސަބަބުންނެވެ. އެހެން ކަމުން އެޑްވެންޗަރ ތަކަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި މިސަރަހައްދު މަގްބޫލުކަމަށް ސުޕަޔޮޓް ޓައިމްސްއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.