ސުލްހައިގެ ވާހަތަށް ފެށުމަށް ޝަރުތުކޮށް، ޓިއުނީޝިއާގެ ރައީސް ކައިސް ސައީދުގެ ފަރާތުން ހުށެހެޅުއްވި ހުށަހަޅުއްވުމަށް ގޮންޖައްސަވާ، އިސްތިއުފާ ނުދެއްވާނެކަމަށް، ޓިއުނީޝިއާގެ ބޮޑުވަޒީރު ހިޝާމް މެޗީޗީ ވިދާޅުވެއްޖެކަމަށް، ޓިއުނީޝިއާގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މެޗީޗީ ވިދާޅުވެފައިވަނީ، އިސްތިއުފާ ދެއްވުމަކީ، އޭނާގެ މޭޒުމަތީގައި އޮތް އޮޕްޝަނެއް ނޫންކަމުގައެވެ.
ޓިއުނީޝިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ރައްޔިތުން ހަވާލުކުރި ޒިންމާތަކާއި، ގައުމަށް ޚިދުމަތްކުރުމުގައި އޭނާ އުފައްލަވަންޖެހޭ ޒިންމާތަކުން ބަރީއަ ވެވަޑައި ނުގަންނަވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އޭނާވަނީ، މިއީ ޓިއުނީޝިއާރ އަށް ހަމަޖުމާއި ސުލްހަ މަސަލަސްކަން އަންނަން ޖެހޭ ވަގުތު ކަމުގައިވެސް ވިދާޅުވެފައެވެ.
ޓިއުނީޝިއަން ޖެނެރަލް ލޭބަރ ޔޫނިއަން (UGTT)ގެ ސެކެޓްރީ ޖެނެރަލް ނޫރައްދީން ތަބޫބީއާއި ހަވާލާދީ، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ގައުމު އެއްބައިވަންތަ ކުރުވުމުގެ ގޮތުން ފެށުމަށް ހަމަޖެހިފައިވާ ސުލްހައިގެ ވާހަކަތައް، ބޮޑުވަޒީ މެޗީޗީ އިސްތިއުފާ ނުދެއްވަނީސް ނުފެށުމަށް އެގައުމުގެ ރައީސް ވަނީ ނިންމަވާފައެވެ.
ޓިއުނީޝިއާގައި މިހާރު އުފެދިގައިވާ ސިޔާސީ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ރުހުން ހޯދުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހެހެޅިފައިވާ 4 ވަޒީރެއްގެ ނަން އަބުރާ ގެންދިއުމަށް، ޓިއުނީޝިއާގެ ބާރުގަދަ، ޓިއުނީޝިއަން ޖެނެރަލް ލޭބަރ ޔޫނިއަން (UGTT)އިން ފާއިތުވެދިޔަ މަހު ވަނީ ގޮވާލާފައެވެ.
ކެބިނެޓަށް ބަދަލު ގެނެސް، ޓިއުނީޝިއާރގެ ބޮޑުވަޒީރު މަޗީޗީ މަޖިލީހަަށް ހުށަހެޅުއްވި 11 ނަމަކަށް ކުރިން މަޖިލީހުންވަނީ ރުހުން ދީފައެވެ. އެހެންނަމަވެސް، މި 11 ވަޒީރުންގެ ތެރެއިން 4 ވަޒީރެއްގެ މަސްލަހަތުގެ ފުށުއެރުންތައް ހުރިހަމަށް ވިދާޅުވެ، ބޮޑުވަޒީރު ކެބިނެޓަށް މިގެންނެވި ބަދަލުތައް އެގައުމުގެ ރައީސް ސައީދު ވަނީ ބަލައި ނުގެންފައެވެ.
ޓިއުނީޝިއާގެ ސަރުކާރަށް، ކޯވިޑް ކާރިސާއާއި އަދި އެގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މިދަޑިވަޅުގައި، އެގައުމުގެ ރައީސާއި ބޮޑުވަޒީރާ ދެމެދު އުފެދިފައިވާ މި ޚިޔާލު ތަފާތުވުންތަކުގައި، ގައުމު އޮތީ ސިޔާސީ މަރުތަޅެއްގައެވެ.
ޓިއުނީޝިއާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި އިޖުތިމާޢީ މައްސަލަތަކާ ގުޅޭގޮތުން، އެގައުމުގައި ކުރިޔަށްދާ މުޒާހިރާތައް ކުރިޔަށްދާތާ މިހާރުވަނީ 3 ހަފްތާ ވެގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ