ވެލެންސިޔާގެ ފަރިތަކުރުން މާދަން ފަށަނީ

ވެލެންސިޔާގެ ފަރިތަކުރުން މާދަން ފަށަނީ

ގުޅުންހުރި

ކްލަބް ވެލެންސިއާ އިން ކުރިއަށް އޮތް ސީޒަން ތައްޔާރުވާން މާދަމާ ޕްރެކްޓިސް ފަށަން ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި މި ސީޒަނުގައި ވާދަކުރާނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. ވެލެންސިއާ ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެއް ވަނަ ޑިވިޝަނުގައި ވާދަކޮށްފައެވެ. ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންގެ ގޮތުގައެވެ.

ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމުގެ ގޮތުން ވެލެންސިއާ އިން ވެސް އަންނަނީ ޓީމު ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ޓީމުން ވަނީ ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. ވެލެންސިއާއާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫޑީ ކެނަލްސް އަށް އެންމެ ފަހުން ކުޅުނު ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރު ހިމެނެ އެވެ.

އަންނަ ސީޒަނުގައި ވެލެންސިޔާގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު މުހަންމަދު އާތިފް (އާތީ) އޭނާ ވަނީ މީގެކުރިން ގައުމީ ޓީމުގައި އާއި ފުރަތަމަ ޑިވިޝަނުގެ އެކި ކުލަބުތަކުގައި މަސަކަތްކޮއްފައެވެ.

އޭނާ ވަނީ 2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަށް ގަދަ ހަތަރަކުން ފުރުސަތު ހޯދައިދިނުމުގެ އިތުރުން އެ ފަހަރުގެ އެފްއޭ ކަޕުގައި އޭރު އެންމެ ވަރުގަދަކޮށް އޮތް މާޒިޔާ ކަޓުވާލުމަށް ފަހު ސެމީ ފައިނަލުގައި ވެސް ވާދަކޮށްފައެވެ.

ޖެހިގެން އައި އަހަރު އޭނާ ވަނީ އެ ޓީމުގެ ކޯޗުކަމުން ވަކިވެ، ގައުމީ އަންހެން ޓީމާ ހަވާލުވެފަ އެވެ. އަދި ގައުމީ އަންހެން ޓީމަށް ސިންގަޕޫރުގައި ބޭއްވި މުބާރާތަކުން ތިން ވަނަ ހޯދައިދީފައެވެ.

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ބެންޗުން ފެނުނު އާތީ ވަނީ އެ ޓީމަށް ސީޒަނުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދީފައެވެ. އެކަމަކު ސީޒަން ފަށައިގެން ދިމާވި މާލީ މައްސަލަތަކާ ހުރެ އާތީ ވަނީ ޓީސީ ކޯޗުކަމުން އިސްތިއުފާ ދީފަ އެވެ.

ފުރަތަމަ ޑިވިޝަން ޕްރެކްޓިސް ފަށަން ހުއްދަ ދިނުމާ އެކު އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *