އިންޑިއާ ފަތުރުވެރިންގެ އަދަދު ބައި ލައްކަ އާ ގާތަށް!

އިންޑިއާ ފަތުރުވެރިންގެ އަދަދު ބައި ލައްކަ އާ ގާތަށް!

ރާއްޖެއަށް މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމު އިންޑިއާއިން މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު ބައި ލައްކައާ ގާތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 49،322 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ މި އަހަރުގެ މިހާތަނަށް ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ 23.6 އިންސައްތަ އެވެ.

ދެވަނައަށް އެންމެގިނަ ފަތުރުވެރިން މިއަހަރުގެ މިހާތަނަށް އައީ ރަޝިއާއިންނެވެ. އެ ގައުމުން އިއްޔެގެ ނިޔަލަށް 44،998 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ. އެއީ މި އަހަރުގެ މިހާތަނަށް ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ 21.5 އިންސައްތަ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި 10 ގައުމު:

ރާއްޖެއަށް މިހިނގާ މާރިޗު މަހު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން މިހާތަނަށް އައީ އިއްޔެއެވެ. އިއްޔެ 4،164 ފަތުރުވެރިންނަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ. މިއާއެކު ރާއްޖެއަށް މިމަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 19،845 އަށް ވަނީ އަރާފައެވެ. އެހެންކަމުން މި މަހުގެ މިހާތަނަށް ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 3308 ފަތުރުވެރިން އައިސްފައި ވެއެވެ.

މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދުވެސް 208،830 އަށް ވަނީ އަރާފައެވެ. އަދި މި އަހަރު ފަތުރުވެރިން އެވްރެޖް ގޮތެއްގައި9 ދުވަސް ރާއްޖޭގައި ހޭދަކުރާކަމަށް ތަފާސް ހިސާބުތަށް ދައްކައެވެ.

އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާއިރު އެގައުމުގެ އެކި އެއަރލައިން ތަކުން ރާއްޖެއަށް އަލަށް ދަތުރުފަށައި، އަދި ކުރިންވެސް ދަތުރުކުރާ އެއަރލައިން ތަކުން ދަތުރުތަކުގެ އަދަދު ގެންދަނީ އިތުރުކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އިންޑިއާގެ މުމްބާއީ އިން ސީދާ ދަތުރުތަށްފެށި ވިސްތާރާ އެއަރލައިން ފާހަގަކޮށްލެވެއެވެ.

އިންޑިއާގެ ފަތުރުވެރިން ރާއްޖެއައުން އިތުރުވެފައި ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ ޓްރެވަލް ބަބްލްގެ ސަބަބުންނެވެ. މި އެއަރ ބަބްލްގެ ދަށުން އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ، ވިސްތާރާ އަދި ސްޕައިސްޖެޓް ފަދަ އެއަރލައިންތަކުން ގެންދަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *