އާލިއާގެ ޕްރޮޑަކްޝަން ހައުސްގެ ފުރަތަމަ ފިލްމަކަށް "ޑާލިންގސް"!

އާލިއާގެ ޕްރޮޑަކްޝަން ހައުސްގެ ފުރަތަމަ ފިލްމަކަށް "ޑާލިންގސް"!

މި ނިމިގެން ދިޔަ ހަފްތާއަކީ އާލިއާ ބަޓަށް ވަރަށްވެސް ކާމިޔާބު ހަފްތާއެކެވެ. އެގޮތުން އޭނާގެ ފިލްމު "ގަންގޫބާއީ ކަތިއާވަޅީ"ގެ ޓްރެއިލާއަށް ގިނަ ބެލުންތެރިންގެ ތަރުހީބު ލިބެމުންދާއިރު އޭނާގެ ކެރިއަރުގެ މުޅިން އާ ހަރުފަތެއް އޭނާވަނީ ހުރަސްކޮށްފައެވެ. އެގޮތުން އޭނާ ވަނީ އޭނާގެ ޕޮރޮޑަކްޝަން ހައުސް އިއުލާން ކޮށްފައެވެ.

އާލިއާގެ އެޓާނަލް ސަންޝައިން ޕޮރޮޑަކްޝަންސްގެ ފުރަތަމަ ފިލްމެއްގެ ގޮތުގައި "ޑާލިންގސް" ގެ ޓީސަރ ވެސް އާލިއާ ވަނީ މިހާރު ބެލުންތެރިންނަށް ދައްކާލާފައެވެ. ޝާހްރުކްގެ ރެޑް ޗިލީ އެންޓަރޓެއިންމަންޓާ ގުޅިގެން ގެނެސްދޭ މި ފިލްމުގައި "ޑާކް މޮމެޑީ" އެއް ކަމަށް އާލިއާ ވަނީ ބުނެފައެވެ.

މިދިޔަ އާދީއްތަ ދުވަހު މީސްމީޑިއާ މެދުވެރިކޮށް އާލިއާ ވަނީ އޭނާގެ ޕޮރޮޑަކްޝަން ހައުސް އަކީ އެޓާނަލް ސަންޝައިން ޕޮރޮޑަކްޝަންސް ކަމަށް އިއުލާން ކޮށްފައެވެ. މީސްމީޑިއާގައި މިކަން އިއުލާން ކުރަމުން އާލިއާ ބުނެފައިވަނީ "އެޓާނަލް ސަންޝައިން ޕޮރޮޑަކްޝަންސް. ލެޓް އަސް ޓެލް ޔޫ ޓޭލްސް. ހެޕީ ޓޭލްސް. ވާރމް އެންޑް ފަޒީ ޓޭލްސް. ރިއަލް ޓޭލްސް. ޓައިމްލެސް ޓޭލްސް." މިހެންނެވެ.

މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ މަހޭޝް ބަޓްގެ ދަރިއެއް ކަމަށްވާ އާލިއާ އަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުގެ މަގުބޫލު ކަން ހޯދާ ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތަރިންގެ ތެރޭގައި ހިމެނުން ތަރިއެކެވެ. އަދި އޭނާ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލު ގިނަ ފިލްމު ތަކަކުން ފެނިގެން ގޮސްފަ އެވެ.

މަސައްކަތުގެ ދާއިރާއަށް ބަލައިލާއިރު އާލިއާ ބަޓް ދެން ފެނިގެންދާނީ "ގަންގޫބާއީ ކަތިއާވަޅީ" އިންނެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހުއެވެ. މީގެ އިތުރުން "ބްރަމަސްތުރާ" ވެސް ކުރިއަށް އަދި އެބައޮތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *