ރާއްޖޭގެ ގިނަ ސްކޫލްތަކުގައި އެސެމްބްލީ ލަވައެއްގެ ގޮތުގައި ބޭނުންކުރި "ޅަފަތުގައި އުނގެނެމާ" ލަވަ ރޮކް މެޓަލްކޮށް ޝަހީދު ލެގަސީ ދައްކާލައިފި އެވެ.
ރާއްޖޭގެ ރޮކްމެޓްލްގެ ރަސްގެފާނު އަޙްމަދު ޝަހީދު، އެންމެގެ ނަމުން ނަމަ ޝަހީދު ލެގަސީ އަކީ އަބަދުވެސް މިފަދަ ތަފާތު ހުށަހެޅުން ސަޕޯޓަރުންނަށް ގެނެސްދޭ އާޓިސްޓެކެވެ.
އަބަދުވެސް ފޭނުން އެންޓަރޓެއިން ކޮށްދިނުމަށް އިސްކަންދޭ ޝަހީދު މިއަދު ފޭނުންނަށް ދޫކޮށްލީ އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު އުމުރުގެ ކޮންމެވެސް ހިސާބެއްގައި ކިޔާފައިވާ ލަވަ "ޅަފަތުގައި އުނގެނެމާ އުފަލުގައި ކިޔަވަމާ" މިލަވައިގެ ރޮކް މެޓަލް ވަރޝަންއެވެ.
90ގެ އަހަރުތަކުގެ ދަރިވަރުން މިލަވަ ޔަގީނުންވެސް ހިތުދަސް ވާނެއެވެ. އަދި ސިއްރު ސިއްރުން އެސެމްބްލީ ލަވަ އަމިއްލަ ބަދަލުތަކާއެކު އެކި ގޮތްގޮތަށް ކިޔާފައިވާ ގިނަ ބަޔަކުވެސް އުޅޭނެއެވެ. ނަމަވެސް މި ލަވައިގެ ރޮކް މެޓަލް ވަރޝަން ސްކޫލްތަކުގައި ކިޔަންޖެހޭނަމަ ޔަގީނުންވެސް ލަވާގައި އަދި އެސެމްބްލީގައި ބައިވެރި ނުވާނެ އެއްވެސް ދަރިވަރަކު ނޫޅޭނެއެވެ.
Remember singing this song out loud in the assembly ??
Here's Lhafathuga Ungenema ?? pic.twitter.com/rLDz71wv5b
— Shahyd Legacy (@ShahydLegacy) March 2, 2021
ޝަހީދު ލެގަސީ މިހާތަނަށް ސަޕޯޓަރުންނަށް ގެނެސްދީފައި ވާ ރޮކްމެޓަލް ވަރޝަން ތަކުގެ ތެރެއިން ސަޕޯޓަރުން އެންމެ ބަލައިގެންފައި ވާ މިއުޒިކް ތަކަށް ބަލާއިރު މަޖިލީހުގެ ޖަލްސާ ބެކްމިއުޒިކާއެކު އޮންނާނެ ގޮތް، "ޗައްޕޫ، ޗިއްޕޫ އޭ ޗުއްޕޫ" ލަވަ، "ދިރިއުޅުމަކީ މިއީ ބާ"ގެ ތީމް މިއުޒިކް، "ދިންވޭނުގެ ހިތާމާގައި" ލަވަވެސް ފާހަގަކޮށްލެވެއެވެ. މިނޫނަށް ގިނަ އަދަދެއްގެ ރޮކް މެޓަލް ކަވަރ ތަށް ޝަހީދު ވަނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ސަޕޯޓަރުންނާ ހަމައަށް ގެނެސްދީފައެވެ.
އޭގެތެރޭގައި މަޝްހޫރި އެތަށް ހިންދީ ލަވައަކާއި އިނގިރޭސި މިއުޒިކްތައްވެސް ޝަހީދު މިހާތަނަށް ރޮކް މެޓަލްކޮށް ވަނީ ގެނެސްދީފަ އެވެ.