ބާސެލޯނާގެ ކުރީގެ ރައީސް ބާޓޮމެއު ހައްޔަރުކޮށްފި

ބާސެލޯނާގެ ކުރީގެ ރައީސް ބާޓޮމެއު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 މާރޗް 2021 11:30
0

ބާސެލޯނާގެ ފައިނޭންޝިއަލް ކްރައިމް ޔުނިޓާއި ކެޓަލޫނިއާ ފުލުހުން ގުޅިގެން ތަހުގީގެއް ފަށައި ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް ބާޓޮމެއު ހައްޔަރުކޮށްފިއެވެ.

ބާޓޮމެއު ހައްޔާރުކޮށްފައިވަނީ އޭނާގެ ދައުރުގައި ބާސެލޯނާއިން ބާޓެމެއު ދިފާޢުކޮށް، ބާސެލޯނާގެ ކުރީގެ ކުޅުންތެރިންނާއި ބާޓޮމެއުއާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ އަގުވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައެވެ. އަދި މިކަން ބާޓޮމެއުކޮށްފައިވަނީ ކުންފުންޏެއްގެ އެހީގައެވެ. އަދި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާއަށް ކުޅުންތެރިން ގަތުމުގައިވެސް ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ ބާސެލޯނާ ރައީސަކު ހޮވުމުގެ އިންތިހާބުގެ ކުރިން ނިންމާލަން އަމާޒުހިފާފައިވާ ތަހުގީގަށް ބާޓޮމެއުގެ އިތުރުން އަދި ފަސް މީހަކު ކެޓަލޫނިއާ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް އޭއެފްޕީން ވަނީ ރިޕޯޓްކޮށްފަ އެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ، ޖެރާޑް ޕީކޭ އަދި ކުރީގެ ކުޅުންތެރިންކަމަށްވާ ޒަވީ ހެނާންޑޭޒްއާއި ކާލްސް ޕުޔޯލް އަދި ބާސެލޯނާގައި ކާމިޔާބުދުވަސްތަކެއް ހޭދަކޮށްފައިވާ ކޯޗް ގާޑިއޯލާގެ އަގުވައްޓާލަން ބާޓޮމެއު މަސައްކަތް ކޮށްފައިވާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އަދި މިކަންކުރުމަށް ބާސެލޯނާގެ ކުރީގެ ރައީސް ބާޓޮމެއު މަސައްކަތް ކުރަމުންދިޔަ ކުންފުންޏަށް ބާސެލޯނާއިން ހަރަދު ކުރިކަމަށްވެސް ފުލުހުން ތަހުގީގު ކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.