ތިއާގޯ އާއި މާނޭ ފަރިތަކުރުންތަކަށް

ތިއާގޯ އާއި މާނޭ ފަރިތަކުރުންތަކަށް

ގުޅުންހުރި

ކޯވިޑު ޖެހުމާއި ގުޅިގެން އެކަހެރިވެގެން ތިބި ދެ ކުޅުންތެރިން ކަމަށްވާ ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އާއި ސެނެގާލްގެ ފޯވާޑް ސަޑިއޯ ބަލިން ރަނގަޅުވެ ލިވަޕޫލުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ތިއާގޯ ބައްޔަށް ޕޮޒެޓިވްވީ މިދިޔަ މަހުގެ 29 ގައެވެ. އަދި އޭގެ ދެދުވަސް ފަހުން މާނޭ ވެސް ކޮވިޑަށްޕޮޒިޓިވެވެފައެވެ.

މާނޭ އާއި ތިއާގޯ ނުލާ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން އެސްޓަން ވިލާއާ ދެކޮޅަށް ނުކުތްއިރު، އެ މެޗުން ލިވަޕޫލް ވަނީ ލަދުވެތިގޮތަކަށް 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.

އަންނަ ހޮނިހިރު ދުވަހު ލިވަޕޫލްއިން އަވައްޓެރި އެވަޓަނާ ދެކޮޅަށް ކުޅޭއިރު މި ދެ ކުޅުންތެރިން އެ މެޗުގައި ފެނުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާއެކު އޮތީ އެވަޓަން އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ