އިންގްލެންޑާއެކު ކުޅެން އޮތް މެޗު ނިއުޒީލެންޑުން ކެންސަލްކޮށްފި

އިންގްލެންޑާއެކު ކުޅެން އޮތް މެޗު ނިއުޒީލެންޑުން ކެންސަލްކޮށްފި

Author
އިބްރާހީމް ސާޢިދު
15 އޮކްޓޯބަރ 2020 10:17
0

ކޯވިޑް-19 ގެ ސަބަބުން އަންނަ މަހު އިންގްލެންޑް ޓީމާއެކު ކުޅެން އޮތް މެޗު ނިއުޒީލެންޑުން ކެންސަލްކޮށްފި އެވެ.

މެޗުގައި ބައިވެރިނުވެވޭނެކަން އަންގާ ނިއުޒީލެންޑުގެ ޓީމުން ބުނެފަވަނި މެޗު ކެންސަލް ކުރަން ޖެހުނީ ކޯވިޑް-19 ބަލިމަޑުކަމާހުރެ ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށެވެ.

ނިއުޒިލޭންޑްގެ ޓީމުން ނެރުނުބަޔާނުގައި ބުނެފައިވަނީ ދަތުރުފަތުރުގެ ސަބަބުން ރިސްކެއް ނަގާ އިންގްލޭންޑް މެޗަށް ގޮސްފިނަމަ ޓީމުގެ ކުޅުންތެރިން ގައުމުގައި ކުޅެން ޖެހޭ ކުރިޔަށް ހުރި މެޗުތަކެއް އެމީހުންނަށް ގެއްލުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ނިއުޒިލޭންޑްގެ ގައުމީ ޓީމު ދެން އެންމެ އަވަހަށް މެޗެއް ކުޅޭނެކަމަށް ބެލެވެނީ، އަންނަ އަހަރުގެ މަރޗުމަހުގެތެރޭގައި ކަމަށެވެ. އެއީ އެގައުމުން 2022 ވަރލްޑް ކަޕަށް ކުޅޭ ކޮލިފައިންގައި ކުޅެން ހަމަޖެހިފަވާ މެޗުތަަކަށެވެ. ނިއުޒީލެންޑް އެންމެފަހުން ވޯލްޑްކަޕްގައި ކުޅެފަވަނީ 2010 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.