ޕޮލެންޑް މޮޅުވެ ގުރޫޕް ފޯރިގަދަވެއްޖެ

ޕޮލެންޑް މޮޅުވެ ގުރޫޕް ފޯރިގަދަވެއްޖެ

ގުޅުންހުރި

ނޭޝަންސް ލީގުގައި ފުޓްބޯޅަ މުބާރާތުގައި ބޮސްނިޔާގެ މައްޗަށް ކުރި ހޯދާ ޕޯލެންޑުން ގުރޫޕްގެ އެއްވަނައަށް ކުރިޔަށްޖެހިލައިފަ އެވެ.

ޕޯލެންޑްގައި ކުޅުނު މެޗުން ކުރި ހޯދީ 3-0 ލަނޑުންނެވެ. މެޗުގައި ޕޯލެންޑްގެ ފޯވާޑް ރޮބާޓް ލެވޮންޑެސްކީ ވަނީ ދެލަނޑު ޖަހާފައެވެ. މި ދެލަނޑާއެކު އޭނާ ގައުމީޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 63 އަށް އަރާފައެވެ. އަދި އެންމެފަހުން ކުޅުނު ބައިނަލްއަގުވާމީ 99 މެޗުގެތެރެއިން ކުލަބަށާއި ގައުމަށް ލެވެންޑޮސްކީ ވަނީ 100 ލަނޑު ޖާހާފައެވެ.

ރޭގެ މެޗުގެ 14 ވަނަ މިނިޓްގައި ބޮސްނިޔާގެ އަނެލް އަހްމަދޯޒިޗް އަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މި ގުރޫޕްގައި އިޓަލީ ނެދަލޭންޑް ވާދަކުރި މެޗު 1-1 ލަނޑުން އެއްވަރުވެ އެއްވަނަ މަގާމް އިޓަލީއަށް ވަނީ ގެއްލިފައެވެ. މެޗުގެ ފުރުތަމަހާފްގައި ލަނޑުތައް ފެނިގެން ދިޔަމެޗުގެ އިޓަލީ ލީޑްނަގާ ކުރި ހޯދީ ފުރަތަމަހާފްގެ 17 ވަނަ މިނޓްގައި ލޮރެންޒޯ ޕްލަގްރިނީއެވެ. ނެދަލޭންޑުން ނަތީޖާ ހަމަހަމަ ކުރީ ޑޮނީ ވެންޑަ ބީކް މެޗުގެ 25 ވަނަ މިނިޓުގައި ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާ އެކު ޕޯލެންޑް އެއްވަނައިގައި އިތީ 7 ޕޮއިންޓާއެކު. ޕޯލެންޑަށް ވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން އިޓަލީއަށް ދެވަނަ ލިބޭއިރު ތިންވަނައިގަ ނެދަލޭންޑް އޮތީ ފަސްޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް ބޮސްނިޔާއަށް ލިބެނީ 2 ޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ