ޗުއްޓީގައި ހަށިގަނޑަށް ފައިދާ ހުރި ކާނާ ނުކެވޭނޭ ބުނާ މީހުންނަށް ޝިލްޕާގެ ޖަވާބު!

ޗުއްޓީގައި ހަށިގަނޑަށް ފައިދާ ހުރި ކާނާ ނުކެވޭނޭ ބުނާ މީހުންނަށް ޝިލްޕާގެ ޖަވާބު!

މި ވަގުތު ޝިލްޕާ ޝެއްޓީ އާއި ފިރިމީހާ ރާޖް ކުންދުރާ ގެންދަނީ ރާއްޖޭ ގައި ޗުއްޓީ ހޭދަކުރަމުންނެވެ. ޝިލްޕާ އަކީ ބޮލީވުޑްގައި ހުރި އެންމެ ފިޓް އެއް ތަރި ކަމާމެދު ދެބަސްވާނެ މީހުން ވަރަށް މަދުވަނެއެވެ.

އެގޮތުން އޭނާ އަބަދުވެސް އޭނާގެ ފިޓްނަސްއަށް ކުރާ ކަންކަމާއި ކެއުންތައް ބަހައްޓާގޮތް ބެލުންތެރިންނާއި ހިއްސާކުރެއެވެ. ޝިލްޕާ ވަނީ އޭނާގެ 19.5 މިލިއަން މީހުން ފޮލޯ ކުރާ އިންސްޓްގްރާމުގައި އެތަށް ބައިވަރު ރެސިޕީތައް ހިއްސާ ކޮށްފައެވެ.

ޗުއްޓީއަށް އައުމަށްފަހު ޝިލްޕާ އެހާބޮޑަށް ފިޓްނަސް އަށް ނުބަލާނެ ކަމަށް ބައެއްމީހުން ހީކުރި ނަމަވެސް އެއީ ކުށް ހީއެކެވެ. ޝިލްޕާވަނީ އޭނާގެ އިންސްޓްގްރާމުގައި އޭނާގެ "ހެލްތީ" ހެދުނުގެ ނާސްތާގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. މިކަމުންވެސް އެނގޭ އެއްޗަކީ ކޮންމެފަދަ ހާލަތެއްގައި ވެސް ޝިލްޕާ އޭނަގެ ފިޓްނަސްއަށް ދޭ ސަމާލުކަން ކުޑަ ނުކުރާކަމެވެ.

ސިއްހަތަށް ފައިދާހުރި ކާނާގެ ތެރެއިން ޝިލްޕާ މިފަހަރު ޚިޔާރުކޮށްފައި ވަނީ "ބެރީލިޝީއަސް"އެވެ. މިއީ ބުލޫބެރީސް، ކުއިނޯ ސީޑްސް، ސްޓްރޯބެރީސް، އަލްމަންޑް މިލްކް، އޯގެނިކް ކޮކޮނަޓް ޔޯގަޓް، ހަނީ އަދި އަލްމްންޑް ފްލޭކްސް އިން ހަދާފައިވާ ނާސްތާއެކެވެ. ޝިލްޕާގެ ދެމަފިރިން ވަނީ ހެނދުނުގެ މި ނާސްތާގެ ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Raj Kundra (@rajkundra9)

މީގެ އިތުރުންވެސް ރާއްޖޭގެ ހިތްގައިމު މަންޒަރުވެސް މަންޒަރުތަށް ފެންނަ ފޮޓޯއާއި ވީޑިޢޯ މި ދެމަފިރިންގެ ޗުއްޓީގެ ތެރެއިން ގެންދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. މި ފޮޓޯތަކާއި ވީޑިއޯއަށް އެމީހުންގެ ފޭނުންގެ އިތުރުން އިންޑިއާގެ މީޑިއާގެ ސަމާލުކަންވެސް ދަނީ ލިބެމުންނެވެ.

މިދިޔަ ހޯމަ ދުވަހު ރާއްޖެ އައި ޝިލްޕާއާއި އެކު މި ދަތުރުގައި ރާއްޖެ އައީ އޭނާގެ ފިރިމީހާ ރާޖް ކުންދްރާ، ބަތަލާ އަކަންޝާ މަލްހޮތުރާ އާއި އޭނާގެ ފިރިމީހާ ރޯހިތު އަގަރުވާލެވެ. މި ދެ ޖޯޑު ޗުއްޓީ ހޭދަކުރަމުން ދަނީ ސީސައިޑް ފިނޮޅުގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *