ބްރެޒިލްގެ ލަނޑު ލިސްޓުގެ ދެވަނައަށް ނޭމާ

ބްރެޒިލްގެ ލަނޑު ލިސްޓުގެ ދެވަނައަށް ނޭމާ

Author
އިބްރާހީމް ސާޢިދު
15 އޮކްޓޯބަރ 2020 09:11
0

ވޯލްޑްކަޕް ކޮލިފައިންގައި ޕެރޫ ކޮޅަށްޖެހި ތިންލަނޑާއެކު ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލީސްޓުގެ ދެވަނައަށް ނޭމާ ޖެހިލައިފިއެވެ.

މިހާރު އުމުރުން 28 އަހަރުގެ ނޭމާ ދެވަނައަށް އެރީ ބްރެޒިލްގެ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހުގައެވެ. ނޭމާ ވަނީ މިހާތަނަށް ބްރެޒިލްގެ ގައުމީޓީމަށް ކުޅުނު 103 މެޗުގައި 64 ލަނޑު ކާމިޔާބުކޮއްފައެވެ.

17 އަހަރު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު ރޮނާލްޑޯ ވަނީ 98 މެޗުގައި 62 ލަނޑު ގައުމީ ޓީމަށް ކާމިޔާބުކޮއްދީފައެވެ. މީގެ އިތުރުން ރޮނާލްޑޯ ވަނީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް 2 ފަހަރު ކާމިޔާބުކޮއްފައެވެ. އަދި ކޮންފަޑެރޭޝަން ކަޕް ފުޓްބޯޅަ މުބާރާތް ވެސް ރޮނާލްޑޯ ވަނީ ބްރެޒިލްގެ ޖާޒީގަ އުފުލާލާފައެވެ.

ލިސްޓުގެ ކުރީގައި އޮތީ 77 ލަނޑު ކާމިޔާބުކުރި ބްރެޒިލްގެ ޕެލޭއެވެ. ޕެލޭ ވަނީ ގައުމީ ޓީމާއެކު ތިން ވޯލްޑްކަޕް ކާމިޔާބުކޮއްފައެވެ. އޮލިންޕިކް ފުޓްބޯޅަ މުބާރާތުން ރަން މެޑަލް ހޯދުން ފިޔަވާ މާބޮޑު ކާމިޔާބީއެއް ބްރެޒިލްގެ ޖާޒީގައި މިހާތަނަށް ނޭމާއަށް ހޯދިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.