ދިއާގެ ކައިވެންޏާމެދު ވައިބަވްގެ ކުރީގެ އަނބިމީހާގެ ހިޔާލަކީ މިއީ!

ދިއާގެ ކައިވެންޏާމެދު ވައިބަވްގެ ކުރީގެ އަނބިމީހާގެ ހިޔާލަކީ މިއީ!

Author
ފާތިމަތު ނާވީ
22 ފެބްރުއަރީ 2021 12:25
0

ދިއާ މިރްޒާ އާއި ވައިބަވް ރޭކީގެ ކައިވެންޏާ މެދުގައި ހިތުގައި އެއްވެސް ބުރައެއް ނެތްކަމަށް ވައިބަވް ރޭކީގެ ކުރީގެ އަންހެނުން ސުނައިނާ ރޭކީ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ އޭނާގެ ސޯޝަލް މީޑީއާގައި ހިއްސާ ކުރި ވީޑިއޯއަކުންނެވެ. އަދި މިއީ ގިނަ ބެލުންތެރިން އޭނާއާ ކުރަމުން ގެންދިއަ ސުވާލުތަކެއްގެ ޖަވާބު ކަމަށްވެސް ސުނައިނާ ވަނީ ބުނެފަ އެވެ.

މީގެ ހަފްތާއެއް ކުރިން ދިއާ އާއި ވައިބަވް ކައިވެނި ކޮށްފައިވަނީ ވަރަށް އާދައިގެ ގޮތަކަށް އެހާމެ ކުޑަ ހަފްލާއެއްގަ އެވެ. ހަމަ އެކަނި އާއިލާ އަދި މަދު ރައްޓެހިންނާއި އެކުގައި ބޭއްވި ހަފްލާގައި ވައިބަވްގެ އަންހެން ދަރިފުޅުވެސް ވަނީ ބައިވެރިވެފަ އެވެ.

މި ކައިވެންޏަކީ ދިއާ އާއި ވައިބަވްގެވެސް ދެވަނަ ކައިވެންޏެވެ. އެގޮތުން ދިއާ ކުރިން ކައިވެނ ިކޮށްފައިވަނީ ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ ސާހިލް ސަންގްހާއާ އެވެ. އަދި ވައިބަވްގެ ކުރީގެ އަނބިމީހާއަކީ ސުނައިނާ ރޭކީއެވެ. ސުނައިނާ އަކީ ޕްރޮފެޝަނަލް ޔޯގާ އިންސްޓްރަކްޓަރެކެވެ. ދިއާގެ ފުރަތަމަ ކައިވެންޏަށް ދަރިއަކު ލިބިފައި ނެތް ނަމަވެސް ވައިބަވްގެ ކުރީގެ ކައިވެންޏަށް ވަނީ އަންހެން ކުއްޖަކުލިބިފަ އެވެ.

ސުނައިނާގެ ފޭނުން އަދި ގިނަ ބެލުންތެރިންވަނީ މި ކައިވެންޏާއި މެދުގައި އޭނާގެ އިހުސާސްތަކަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ. ސުނައިނާ ބުނީ އޭނާގެ ދަރިފުޅުގެ ބައްޕަ، ވައިބަވް އާއި ދިއާގެ ގުޅުމާމެދު އުފާވާކަމަށެވެ. އަދި ހަމައެހެންމެ އޭނާގެ ދަރިފުޅުވެސް މިކަން ބަލައިގަތީ ވަރަށް އުފާވެރިކަމާއި އެކުގައިކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސުނައިނާވަނީ އޭނާގެ ހާލު ބަލާފައިވާ އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ ހިތުގައި ވައިބަވް އާއި ދިއާއާ މެދުގައި އެއްވެސް ހިތްބުރަކަމެއް ނެތެވެ. އޭނާގެ އުއްމީދަކީ އޭނާގެ ދަރިފުޅު ބޮޑުވެގެން އަންނައިރު އެ ދަރިފުޅުގެ މަންމައާއި ބައްޕަގެ ފަރާތުން ފެނިފައިނުވާ ލޯބި ދިއާ އާއި ވައިބަވްގެ ފަރާތުން ދަރިފުޅަށް ފެނިގެން ދިއުން ކަމަށްވެސް ސުނައިނާ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.